އދ. ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމަށް ތުހުމަތުކުރެވޭ ޝާ އަލޮމް މިއާ (ސާލިމް)ގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން، މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
އަނިޔާވެރިގޮތަކަށް މަރާލުމަަށްފަހު މަހުމޫދު އަބޫބަކުރު އެއްލައިލައިފައި އޮއްވާ މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ފެނުނީ ފަޔަށާއި ބޮލަށް ގޯންޏެއް މަހައި ވަޅެއްގެ ތެރެއަށް އެއްލާލައިފައި އޮއްވައެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ޝާ އަލޮމް މިއާ (ސާލިމް) ހައްޔަރު ކޮށްފައެވެ. އޭނާއަކީ އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހުރި ބިދޭސީއެކެވެ. އޭނާގެ މައްޗަށް ދައުލަތުން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ. އެމައްސަލައިގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 10:30 އަށް ކުރިން އޮތީ ތާވަލްކޮށްފައެވެ. އެެހެން ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ މަހުމޫދުގެ މަރުގެ ޝަރީއަތް ކެންސަލްވެފައިވާ ކަމަށެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް އެ ކޯޓަކުން ނުބުނެ އެެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ސާލިމް، މަހުމޫދު މަރާލީ އޭނާ ދިރިއުޅޭ "ނެދުންގެ"އަށް ގެންދިއުމަށް ފަހު ފައިސާ ދޭން އެދުމުން ފައިސާ ނުދިނުމުން ހިނގި ހަމަނުޖެހުންތަކެއްގައި ކަމަށެވެ. ފައިސާ ދޭން މަހުމޫދު އިންކާރުކުރުމުން އޭނާ މަރާލަފައިވަނީ ހަށިގަނޑުގެ އެކިތަންތަނަށް ވަޅިން ދިން ހަމަލާތަކެެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މަހުމޫދު މަރާލުމުގައި ސާލިމް ނޫން އެހެން މީހަކު ބައިވެރިވެފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު