ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ރައީސުލްޖުމްހޫރިއްޔާ އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދި ދުވަހުން ފެށިގެން މިހާތަނަށް އެކޮމިޝަނުގެ ހަރަދުތަކަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާކަން ހާމަވެއްޖެއެވެ.
މިމައުލޫމާތު ހޯދާފައިވަނީ މައުލޫމާތު ހޯދައި ލިބި ގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުންނެވެ. އެ ފަރާތުން ރައީސް ސާލިހު އުފައްދަވާފައިވާ ތިން ކޮމިޝަނަކަށް ފާއިތުވީ އަހަރުތަކުގައި ކޮށްފައިވާ ހޭދަތައް ހޯދައިފައެވެ.
އެކޮމިޝަންތަކަކީ މަރާލައިފައިވާ އަދި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން، ޕްރެސިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތައް ބަލައި ކޮމިޝަނެވެ.
މައުލޫމާތުތައް ދައްކާގޮތުން މިދިޔަ ތިން ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނަށެވެ. އެގޮތުން ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ކޮމިޝަނަށް ކޮށްފައިވާ ހަރަދުތައް 9.9 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.
އެގޮތުން އެކޮމިޝަންގެ މުސާރައާއި އިނާޔަތްތަކަށް 9.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހަރުމުދާ ހޯދުމަށް 6.7 ލައްކަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މަރު ކޮމިޝަނުގެ ހަރަދުތަކަށް ބަލާއިރު، މިހާތަނަށް އެކޮމިޝަނަށް މުސާރައާއި އެލަވަންސަށް 4.8 މިލިއަން ރުފިޔާ އަދި ދަތުރުފަތުރަށް 2.7 ލައްކަ ރުފިޔާ، އަދި އޮފީސް ހިންގުމަށް 2.3 ލައްކަ އަދި ހަރުމުދާ ހޯދުމަށް 2.1 ލައްކަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން އުފައްދައިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެ ކޮމިޝަނުން މިހާތަނަށް އަށް ލައްކަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.
މި 4 ކޮމިޝަނަކީވެސް ރައީސް ސާލިހު ވަރަށް ހާއްސަ މަގްސަދުތަކެއްގައި އުފެއްދި ކޮމިޝަންތަކެއް ނަމަވެސް، ކޮމިޝަންތަކުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭކަމަށް ގިނަމީހުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު