ސްޓެލްކޯގެ ބޯޑުގެ ޗެއާރމަން މުޙައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.
ސްޓެލްކޯގެ ބޯޑުގެ ޗެއަރމަން ބޯޑުގެ ޗެއާރމަން އަލްފާޟިލް މުޙައްމަދު ރަޝީދު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
ސްޓެލްކޯއިން ބުނީ ޗެއާރމަން މުޙައްމަދު ރަޝީދު ވަނީ އެކި މަގާމުތަކުގައި އެކުންފުންޏަށް 50 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިކަމަށެވެ.
"މި ހިތާމަވެރި ވަގުތުގައި މިކުންފުނީގެ ބޯޑް މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. މާތް ﷲ މަރުޙޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި." ސްޓެލްކޯގެ މެސެޖުގައިވެއެވެ.
ޗެއާރމަން މުޙައްމަދު ރަޝީދު ސްޓެލްކޯއިން، ހިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖިނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، މިކުންފުނީގެ ސީއީއޯ ގެ މަގާމުވެސް ވަނީ ފުރުއްވާފައެވެ. އެކުންފުނީގެ ބޯޑުގެ ޗެއާރމަން ކަމުގެ މަގާމަށް މުޙައްމަދު ރަޝީދު އައްޔަން ކުރައްވާފައިވަނީ 12 ފެބްރުއަރީ 2019 ގައެވެ.

ކިޔުންތެރިންގެ ހިޔާލު