"އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި މިހާރު ކުރިއަށްގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހިޤައުމަށް ދިގުމުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނެކަމަށް ނޫންކަމަށް އެ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީން ތާއީދު ނުކުރާނެކަމަށެވެ. އަދި ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ބޭތިއްބުމާއި، އަދި ދިވެހި ޤައުމުގެ އެއްވެސް މިންވަރެއް މިލިޓަރީ ބޭނުމަށް ބޭރުގެ އެއްވެސް ޤައުމަކަށް ދިނުމަކީ ޤާނޫން އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީން މެނުވީ އެއްވެސް ވެރިކަމަކަށް ކުރެވޭނޭ ކަމެއްނޫންކަން ޤާނޫނޫ އަސާސީގައި ސާފު ޢިބާރާތުން ބަޔާން ކޮށްފައިވާކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނީ ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް މިލްކުކޮށް ނުދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ދީގެން ނުވާނެކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށެވެ. އަދި މިހާތަނަށް މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް (އެއްވެސް ޤައުމަކަށް، އެއްވެސް ޤައުމެއްގެ ޢަސްކަރިއްޔާއަށް) ދިނުމަށް ފާސްކޮށްފައި ނުވާ ހިނދު، "އިންޑިޔާގެ މިލިޓަރީ" މި ދިވެހިފަސްގަނޑުގައި ތިބި ކަމަށް ނިންމާނެ ޤާނޫނީ ހަމައެއް އޮތްކަމަކަށް ޖުމްހޫރީ ޕާޓީއަކުން ނުދެކޭކަމަށް ބަޔާނުގައިވެއެވެ.
ޖުމްހޫރީ ޕާޓީން ބުނީ ދޭދޭ ޤައުމުތަކުގެ މެދުގައި އުފައްދާ "ބައިލެޓްރަލް" ގުޅުންތަކުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން، އެކިއެކި ހަރާކާތްތަކާއި، ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނުތަކާއި ގުޅިގެން ވަކި މުއްދަތަކަށް އެއް ޤައުމުގެ ސިފައިން އަނެއް ޤައުމުގައި ތިބުމަކީ ދެފަރާތަށްމެ ފައިދާ ލިބޭ ކަންކަންކަމަށެވެ.
"މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަޙައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ޤައުމުތައް ވަނީ ބަލައިގެންފައި. އަދި ޢަމުދުން މިފަދަ ބޭނުމަކު "ހަތިޔާރު"
ނުލައި ޔުނީފޯމުގައި އެހެން ޤައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ "މިލިޓަރީ" ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއްވެސްމެ. އެހެން ކަމުން "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަޤްޞަދެއް ހާޞިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއްކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތް." ޖުމްހޫރީ ޕާޓީގެ ބަޔާނުގައިވެއެވެ.
ޖުމްހޫރީ ޕާޓީން ބުނީ ޒަމާނުއްސުރެ ގާތް އެކުވެރި ޤައުމެއްގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިޔާއަށް ނިޞްބަތްކޮށް "އިންޑިޔާ އައުޓް" އޭ ގޮވުމަކީ މި ދެ ޤައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހްމާލެއްކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނީ ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މިފަދަ ޢަމަލުތަކުން މި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އަދި އެ ނޫންވެސް ޒާތީ އެކި އެކި މުޢާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލު ހިފުން ފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެކަމަށެވެ. އަދި "އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހިޤައުމަށް ދިގުމުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއްވެސް ނޫންކަމަށް ވެސް އެޕާޓީން ބުނެފައި ވެއެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޖުމްހޫރީޕާޓީ އަބަދުވެސް އޮންނާނީ އިޚްލާޞްތެރިކަމާއެކު އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި، ދިވެހީންގެ ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ޤާނޫނު އަސާސީއަށް ތަބަޢަވުމާއި، ދިވެހި ޤައުމުގެ ސަލާމަތާއި، އިސްތިޤްލާލް ނަގަހައްޓާ ދެމެހެއްޓުމުގައި ފާރަވެރިއެއްގެ ގޮތުގައިކަން ޖޭޕީގެ ބަޔާނުގައި ޔަގީންކޮށްދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު