އޭޭޑީކޭ ހޮސްޕިޓަލް
އޭޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލުގެ އިހުމާލުން ފަރުވާ ނުދެވި ކުޑަކުއްޖަކު މަރުވި ކަމަށްބުނާ މައްސަލަ އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ތުއްތު ކުއްޖާ މަރުވެފައިވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. "މި ތުއްތު ކުއްޖާ އިމަޖެންސީ އަށް ގެނައުމާއި އެކު އިމަޖެންސީ ޑޮކްޓަރުން، ސްޕެޝަލިސްޓުންގެ ލަފައާއި އެކު ކުއްޖާގެ ފަރުވާ ކުރިޔަށް ގެންދަވާފައިވާނެ." އޭޑީކޭ ހޮސްޕިޓަލްގެ ބަޔާނުގައިވެއެވެ.

އޭޑީކޭ އިން ބުނީ ކުއްޖާގެ ބަލި ދެނެގަތުމަށް ޓަކައި އަލްޓްރާސައުންޑް އާއި ސީޓީ ސްކޭންވެސް ހަދާފައިވާނެ ކަމަށާއި، އަދި ކުއްޖާގެ ޙާލަތު ބަދަލުވުމާ ގުޅިގެން ފުރާނަ ސަލާމަތް ކުރުމަށް ޓަކައި، އިމަރޖެންސީ ފިޒިޝަން އަކާ، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާ، އޮޕަރޭޝަން ޑޮކްޓަރުންނާ އަދި ހޭނައްތާ ޑޮކްޓަރުންގެ ޓީމަކުން ފަރުވާދެއްވާފައިވާނެކަމަށެވެ.

"ނަމަވެސް، އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ވަނީ ނުވެފަ." އޭޑީކޭ ގެ ބަޔާނުގައި ވެއެވެ.

އޭޑީކޭ އިން ބުނެފައިވަނީ މި ހިތާމަވެރި ހާދިސާއާއި ގުޅިގެން، ކަން ހިނގާދިޔަގޮތުގެ މަޢުލޫމާތު ޢާއިލާއާއި ޙިއްސާކޮށްފައި ވާނެކަމަށާއި، އަދި އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލު ކުރުމަށް އެ ހޮސްޕިޓަލުގައި ކަނޑައަޅާފައިވާ އެސްއޯޕީ ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ތަފްޞީލް ރިވިޔުއެއް ހަދަން ފަށާފައިވާ ކަމަށެވެ.

ބަލިވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ތުއްތު ކުއްޖަކަށް ފަރުވާ ނުދެވި އެކުއްޖާގެ މަންމަގެ ކޮނޑުމަތީގައި އޮވެ ކުއްޖާ ނިޔާވި ކަމަށް ބުނާ ވާހަކައެއް މިއަދު ވަނީ ބައެއް މީޑިއާތަކުން އާންމު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ތިމަންނަ

22-May-2020

ދޮގެއް ހެދެން އޮއްވާ ކޮންމެވެސް ކޮންމެވެސް ތެދެއް ނަހަދާތި



ޓްރެންޑިން