އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

އެ ދެ މީހުންގެ ފޮޓޯ އާއްމުކުރުމަށްފަހު ފުލުހުން ބުނީ އެ މީހުންނަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދާ ދެ މީހުން ކަމަށެވެ. އަދި އެޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް އައިއިރު އެ ދެ މީހުން ހޯދިފައިވާނުވާކަމަށް ފުލުހުން ބުނެއެވެ.



ފުލުހުން އާއްމު ކުރި ވީޑިއޯއިންނާއި ފޮޓޯއިން ފެންނަ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު