ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ސީދާ ބަހުގެ ހިދުމަތް ފެށޭ ވަރުވާނީ އަންނަ އަހަރުގެ ފަހުކޮޅުކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މިވަގުތު ބަހުގެ ހިދުމަތް ދެނީ، ފުރަތަމަ ފޭސްގެ ބަހުގެ ހިދުމަތުގެ ތެރެއިންނެވެ. އެހެންކަމުން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަހުގައި ދިއުމަށް ފުރަތަމަ ދާންޖެހެނީ ފުރަތަމަ ފިޔަވައްސަށެވެ. ދެން ޖެހެނީ އެތަނުން ދެވަނަ ފިޔަވައްސަށް ދާނެ ބަހެއް ހޯދާށެވެ. މިއީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް އޮތްކަމެކެވެ.
އެމްޓީސީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ފެށުން ލަސްވަނީ އެކަމަށް ބޭނުންވާ ބަސް ނެތުމުންކަމަށެވެ. އަދި އެމްޕީއެލްގެ ބަސްތައް ހަވާލުކުރި އިރު ހަވާލުކޮށްފައިވަނީ ބޭނުންކުރި ބަސްތަކުގެ 50 އިންސައްތަ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެހެންކަމުން އިތުރު ބަސްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުމަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ސީދާ ބަހުގެ ހިދުމަތް ފެށޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބަހުގެ ހިދުމަތް ދެނީ ހަމައެކަނި މާލެއަކަށް ނޫނެވެ. އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގެ ބަސް ދަތުރުތައް ފެށުމަށްވެސް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.
އެމްޓީސީސީއަކީ ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަސައްކަތުގައި އެންމެ ފާހަގަކޮށްލެވޭ ކުންފުންޏެވެ. ޕަބްލިކް ޓްރާންސްޕޯޓް އެއްގަމު ދަތުރުތަކުގެ އިތުރުން، ފެރީގެ ހިދުމަތްވެސް އެކުންފުނިން ފުޅާ ދާއިރާއެއްގައި އަންނަނީ ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު