އަހުމަދު މަސްނޫމް   27 ޑިސެމްބަރު 2021 - 17:24
އެޗްޑީސީގެ އޮންލައިން ޕޯޓަލް "މައި ހުޅުމާލެ ޕޯޓަލް" މެދުވެރިކޮށް އައު ހިދުމަތްތައް ދިނުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ މީގެކުރިން ސިޓީ މެދުވެރިކޮށް ދެމުން ގެންދިޔަ ބައެއް ހުއްދަތައް އެކޯޕަރޭޝަންގެ މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެކަމަށެވެ.

އަލަށް މައިހުޅުމާލެ ޕޯޓަލަށް ތަޢާރަފުކޮށްފައިވާ ހުއްދަތަކަކީ، އިމާރާތެއް ތަޅާލުމުގެ ހުއްދަ، ގޯތީގެ އިމުގައި ފެންސް ޖެހުމުގެ ހުއްދަ، ސޯޝަލް ހައުސިންގ ފްލެޓްތަކަށް ފައިބަރ ކޭބަލް އެޅުމުގެ ހުއްދަ، އިންފާރު ރޭނުމުގެ ހުއްދައެވެ.



އެޗްޑީސީން ބުނީ ޢިމާރާތްކުރުމާބެހޭ ޤަވާއިދު (ނަންބަރު: 1004-R/2019) ގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް، އިމާރާތް ތަޅާލުމުގެ ހުއްދައަށް އެދޭ ފޯމާއި އިންފާރު ރޭނުމަށް އެދި ހުށަހަޅާ ފޯމަށް 100 (ސަތޭކަ) ރުފިޔާގެ ފީއެއް ނެގޭނެކަމަށެވެ.

އެޗްޑީސީން ފޯރުކޮށްދޭ ހިދުމަތްތައް އޮންލައިންކޮށް ލިބޭ މައިހުޅުމާލެ ޕޯޓަލަކީ މިދިޔަ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހު ތައާރަފްކުރި ހިދުމަތަކެވެ.

އެޗްޑީސީން ބުނީ އެކޯޕަރޭޝަނުން ބަލަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެކޯޕަރޭޝަނުގެ ހިދުމަތްތައް ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ޤާއިމްކޮށްދިނުމަށްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު