ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ، ސިވިލް ސަރވިސްގެ ދައުރެއް ނޫންކަމަށާއި ސިވިލް ސަރވިސްގެ ދައުރަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެހީތެރިވެދޭން ތިބޭ ބަޔަކީ، ސިވިލް ސަރވިސްގެ މުވައްޒަފުންކަމަށެވެ. އަދި އެ މުވައްޒަފުންގެ ހަކަތަ އިތުރުވާނީ، އޮފީސްތަކުގެ ވެރިންގެ ޙަރަކާތް އިތުރުކުރިވަރަކުންކަމަށާއިި ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ނުވުމުން، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ، އެ އޮފީހެއްގައި ތިބޭ ސިވިލް ސަރވިސް މުވައްޒަފުން އެކަނި ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
"ވަކި އޮފީހަކުން ތަންފީޒު ކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ކުރަން ނިންމާ ކަމެއް އެގޮތަކަށް ތަންފީޒުނުވީމާ، އެ ފެއިލްވަނީ އެ އޮފީހުގެ ސިވިލް ސަރވިސް މުވައްޒަފުންނެއް ނޫން. އެ ފެއިލްވަނީ މުޅި އޮފީސް. ސަބަބަކީ، އޮފީސް ހިންގަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި، ސިވިލް ސަރވަންޓުން ގުޅިގެން ކަމަށްވާތީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރު ހިނގަނީ، ސިވިލް ސަރވިސް މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުން އެކުވެގެން އުފެދިފައި އޮންނަ އެއް އިންޖީނަކުންކަމަށެވެ. އަދި އެ އިންޖީނު އޭގެ ފުރިހަމަ ބާރުގައި ހިނގާނީ، މި ދެ ބައިގެ މެދުގައި ވަރަށް ރަނގަޅު، ވަރަށް ބަދަހި ގުޅުމެއް އޮވެގެންކަމަށް ރައީސް ވިދާޅުވިއެވެ.
"ވެރިކަން ކުރަނީ ކޮން ޕާޓީއެއްތޯ، ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ، ސިވިލް ސަރވިސްގެ ދައުރެއް ނޫން. ސިވިލް ސަރވިސްގެ ދައުރަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުން. ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިގެން، ވަކި މެނިފެސްޓޯއެއް ތަންފީޒު ކުރުމަށް، އެއިރަކު އުފެދިފައި އޮންނަ ސަރުކާރަކަށް، ސިވިލް ސަރވިސްގެ މުހިންމުކަން ބޮޑުވަނީވެސް އެ ސަބަބަށްޓަކައި.." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ، އިންސާނީ ވަސީލަތް ތަރައްޤީކޮށްގެންކަމަށެވެ. އެހެންކަމުން މިއަދު ފެށި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމުގެ ނަތީޖާއަކަށްވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެން ދިޔުންކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމު ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސިޔާސީ މަޤާމުތަކަށް ޢައްޔަން ކުރައްވައިފައިވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.

President @ibusolih inaugurates the Executive Enhancement and Enrichment Program (EEEP).
— The President's Office (@presidencymv) December 27, 2021
The two-year programme is organised jointly by @presidencymv and @CSTImv pic.twitter.com/ATHwcSSKPZ
ރައީސް ވިދާޅުވީ ސަރުކާރު ހިނގަނީ، ސިވިލް ސަރވިސް މުވައްޒަފުންނާއި، ސިޔާސީ މުވައްޒަފުން އެކުވެގެން އުފެދިފައި އޮންނަ އެއް އިންޖީނަކުންކަމަށެވެ. އަދި އެ އިންޖީނު އޭގެ ފުރިހަމަ ބާރުގައި ހިނގާނީ، މި ދެ ބައިގެ މެދުގައި ވަރަށް ރަނގަޅު، ވަރަށް ބަދަހި ގުޅުމެއް އޮވެގެންކަމަށް ރައީސް ވިދާޅުވިއެވެ.
"ވެރިކަން ކުރަނީ ކޮން ޕާޓީއެއްތޯ، ސަރުކާރުގައި ތިބީ ކޮން ބައެއްތޯ ބެލުމަކީ، ސިވިލް ސަރވިސްގެ ދައުރެއް ނޫން. ސިވިލް ސަރވިސްގެ ދައުރަކީ، އެއިރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުން. ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިގެން، ވަކި މެނިފެސްޓޯއެއް ތަންފީޒު ކުރުމަށް، އެއިރަކު އުފެދިފައި އޮންނަ ސަރުކާރަކަށް، ސިވިލް ސަރވިސްގެ މުހިންމުކަން ބޮޑުވަނީވެސް އެ ސަބަބަށްޓަކައި.." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނީ، އިންސާނީ ވަސީލަތް ތަރައްޤީކޮށްގެންކަމަށެވެ. އެހެންކަމުން މިއަދު ފެށި ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމުގެ ނަތީޖާއަކަށްވާނީ، ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވެގެން ދިޔުންކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމު ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސިޔާސީ މަޤާމުތަކަށް ޢައްޔަން ކުރައްވައިފައިވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.
ކިޔުންތެރިންގެ ހިޔާލު