އެމްޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އައިމިނަތު ޝިއުނާ އާއި އެކޮމިޝަނުގައި ބާކީ ތިބި 2 މެމްބަރުން އިސްތިއުފާ ދެއްވައިފިއެވެ.
އޭސީސީގެ ރައީސާއި އިތުރު ދެ މެމްބަރަކު މިއަދު އިސްތިއުފާ ދެއްވިއިރު އެކޮމިޝަނުގެ 2 މެމްބަރަކު ވަނީ މިމަހު ކުރީކޮޅު އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން 5 މެންބަރުން ތިއްބަވާ އޭސީސީގައި މިހާރު އެއްވެސް މެމްބަރެއް ނެތެވެ.
އޭސީސީގެ ރައީސާއެކު ތިން މެމްބަރަކު އިސްތިއުފާ ދެއްވާފައި މިވަނީ އޭސީސީގެ މެންބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.
އޭސީސީގެ މެންބަރުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް އިއްޔެ ހަވީރު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަކިކުރުމަށް ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދެވެ. އެ ހުށައެޅުމަށް ތާޢީދުކުރެއްވީ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމެވެ.
އެ ހުށައެޅުން ކޮމިޓީން ފާސްވީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި މައްސަލާގައި އޭސީސީގެ މެންބަރުން މަޖިލީހަށް ޖަވާބުދާރީވެފައިވާއިރު ކޮމިޓީގެ މެންބަރުން ބުނެފައިވަނީ އޭސީސީގެ މެންބަރުން ޖަވާބުދާރީވެފައިވަނީ އެމެންބަރުންނަށް ދިން މުހުލަތަށްވުރެ ލަހުން ކަމަށެވެ.
އޭސީސީގެ ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރަކު، މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށްވަނީ އިސްތިއުފާ ދީފައެވެ. އެއީ، އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފެވެ.
މިއަދު މަޖިލީހުގެ ކޮމިޓީން ނިންމީ، ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ ވަކިކުރުމަށެވެ.
މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެންބަރުން ވަކިކުރުމަށް ފާސްވުމުން އެ މައްސަލާގައި އެންމެ ފަހުގެ ގޮތް ނިންމުމަށް މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު