އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވީ ސަރުކާރާއި މަޖިލީހުގެ ނުފޫޒު އިންތިހާއަށް ފޯރުވުމުން ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭސީސީގެ މެންބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފައިވަނިކޮށް އޭސީސީގެ ރައީސް އައިމިނަތު ޝިއުނާއާއި އެކޮމިޝަނުގައި ބާކީ ތިބި 2 މެމްބަރުން މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެެވެ.
އެގޮތުން މިއަދު އިސްތިއުފާ ހުށައަޅާފައިވަނީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު އަބުދު ﷲ އެވެ. މީގެ ކުރިން އޭސީސީ މެމްބަރުން މަގާމުން ވަކިކުރުމަށް މަޖިލީހުން މަސައްކަތް ފެށުމުން ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަކީލާއި އަލީ އަޝްރަފް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މިމައްސަލައާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އޭސީސީގެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އިންތިހާއަށް ނުފޫޒު ފޯރުވުމުން ކަމަށެވެ. އަދި އެކަމުން ހާމަަވަނީ ސަރުކާރާއި މަޖިލީހުގެ ހުދުމުޚުތާރުކަމާއި އަނިޔާވެރިކަން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
" މިނިވަން މުވައްސަސާ ތަކަށް ނުފޫޒު ނުފޯރުވައި ވެރިކަން ކުރަން ދަސް ކުރަންޖެހޭ." ސަރުކާރަށް ފާޑުވިދާޅުވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ. އޮޓިޑް ރިޕޯޓުގައި ބުނެފައިވަނީ ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، ދައުވާކުރަން ފޮނުވައިފައިވަނީ އެކެއް އިންސައްތަ މައްސަލަ ކަމަށެވެ. އަދި ކޮމިޝަންގައި ނުނިމި ގިނަ ދުވަސްވީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، ތަހުގީގު ނިމުމަށްފަހު ވެސް ޕީޖީއަށް މައްސަލަތައް ފޮނުވުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި ތަހުގީގު ނިންމުމަށްފަހު، ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވައިލާ ކަން ފާހަގަކޮށް، މިކަންކަން ހައްލުކުރެވޭނީ ކޮމިޝަންގެ މެންބަރުން ބަދަލުކޮށްގެން ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ރިޕޯޓުގައި ވަނީ އޭސީސީގެ މަސައްކަތްތައް އާދަޔާ ހިލާފަށް ލަސް ކަން ފާހަަގަކޮށްފައެވެ. އަދި ދައުލަތަށް ނަގައިދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުނެގިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
މިސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާ ތަކަށް ނުފޫޒު ފޯރުވާ ކަމަށް ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއިރު، ވެރިކަމަށް އައުމުގެ ކުރިން އެވާހަކަ އެގޮތަށް އެންމެ ބާރަށް ދެއްކެވީ މިހާރު ވެރިކަންކުރާ އެމްޑީޕީންނެވެ. އެމްޑީޕީން ވެރިކަމަށް އައީވެސް އަދި މަޖިލީހުގެ ގޮނޑިތައް ހޯދީވެސް އެފަދަ ކަންކަން އިސްލާހުކޮށް އިންސާފާއި ހަމަކަމާއެކު ހެޔޮ ވެރިކަމެއް ކުރާނެ ކަމަށް ވަޢުދުވެގެންނެވެ.

ACC ge hurihaa members isthiufaaa dhinee sarukaaraai @mvpeoplesmajlis ge nufoozu inthihaa ah foaruvumun. Ekmaun haamavanee sarukaaraai Majlis ge hudhumuhuthaarukamaai aniyaaverikan. Minivan muassasaathakah nufoozu nufoaruvai verikan kuran dhaskuranjehey!https://t.co/Os9aEKhvMu
— Adam Shareef Umar (@Adamshareefz) December 27, 2021
" މިނިވަން މުވައްސަސާ ތަކަށް ނުފޫޒު ނުފޯރުވައި ވެރިކަން ކުރަން ދަސް ކުރަންޖެހޭ." ސަރުކާރަށް ފާޑުވިދާޅުވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
މިިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށް ނިންމައި އެކަން މަޖިލީހުގެ ރައީސަށް ހުށައަޅާފައިވަނީ މެންބަރުންގެ ޕާރފޯމަންސް އޮޑިޓް ދިރާސާ ކުރުމަށްފަހުއެވެ. މި އޮޑިޓް ކުރިއަށް ގެންދިޔައީ އޮޑިޓް އޮފީސް މެދުވެރިކޮށެވެ. އޮޓިޑް ރިޕޯޓުގައި ބުނެފައިވަނީ ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، ދައުވާކުރަން ފޮނުވައިފައިވަނީ އެކެއް އިންސައްތަ މައްސަލަ ކަމަށެވެ. އަދި ކޮމިޝަންގައި ނުނިމި ގިނަ ދުވަސްވީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، ތަހުގީގު ނިމުމަށްފަހު ވެސް ޕީޖީއަށް މައްސަލަތައް ފޮނުވުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި ތަހުގީގު ނިންމުމަށްފަހު، ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވައިލާ ކަން ފާހަގަކޮށް، މިކަންކަން ހައްލުކުރެވޭނީ ކޮމިޝަންގެ މެންބަރުން ބަދަލުކޮށްގެން ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.
ރިޕޯޓުގައި ވަނީ އޭސީސީގެ މަސައްކަތްތައް އާދަޔާ ހިލާފަށް ލަސް ކަން ފާހަަގަކޮށްފައެވެ. އަދި ދައުލަތަށް ނަގައިދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުނެގިވާ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
މިސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މިނިވަން މުއައްސަސާ ތަކަށް ނުފޫޒު ފޯރުވާ ކަމަށް ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއިރު، ވެރިކަމަށް އައުމުގެ ކުރިން އެވާހަކަ އެގޮތަށް އެންމެ ބާރަށް ދެއްކެވީ މިހާރު ވެރިކަންކުރާ އެމްޑީޕީންނެވެ. އެމްޑީޕީން ވެރިކަމަށް އައީވެސް އަދި މަޖިލީހުގެ ގޮނޑިތައް ހޯދީވެސް އެފަދަ ކަންކަން އިސްލާހުކޮށް އިންސާފާއި ހަމަކަމާއެކު ހެޔޮ ވެރިކަމެއް ކުރާނެ ކަމަށް ވަޢުދުވެގެންނެވެ.
ކިޔުންތެރިންގެ ހިޔާލު