ހުޅުމާލެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ނިންމައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބީލަމަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ މީހުންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިފަދަ މަޝްރޫއުން ލިބޭ ފައިސާ އިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ. ހުޅުމާލެއިން ބިން ދޫކުރާއިރު އިސްކަންދޭނެ ކަންކަން ވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނެފައިވަނީ ބީޗް ފްރަންޓުން ބިންވިއްކަާ އަގަކީ އަކަ ފޫޓަކަށް 3،900ރ. ގެ ރޭޓުން ކަމަށެވެ. އަދި ބީޗް ސައިޑުން ވިއްކުމަށް ހަމަޖެހިފައި ވަނީ އަކަ ފޫޓަކަށް 3،500ރ. ގެ މަގުން ކަމަށާއި އަދި އެ ފަރާތަކުން ހުށަހަޅާ އަގަށް 6 އިންސައްތަ ޖީއެސްޓީ އިތުރު ކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ ބިން ގަތުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމަށް އެދި އީމެއިލް މެދުވެރިކޮށް އަންނަ ޖެނުއަރީ 2 އިން ފެށިގެން 31 ޖެނުއަރީއާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. ބީލަން ފޯމް ވިއްކާނީ 500ރ. އަށެވެ. އެގޮތުން ބީޗް ފްރަންޓު އަދި ބީޗް ސައިޑަށް ހާއްސަކޮށްފައި ވަނީ ވަކި ދެ ފޯމް ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.
ހުޅުމާލެ އިން ބިން ގަންނަ ފަރާތަކީ އަލަށް ބިން ގަންނަ މީހަކު ކަމުގައި ވާންޖެހެއެވެ. އަދި އެމީހަކީ މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި ނުވާ މީހަކަށްވުން ވެސް ހިމެނެއެވެ. އަދި ކޮންމެ މީހަކަށް ވެސް ގަނެވޭނީ ހުޅުމާލެ އިން އެއް ބިން ކަމަށް އެޗްޑީސީން ބުނެފައި ވެއެެވެ.
އެޗްޑީސީން ބުނީ މިފަހަރު ވިއްކަނީ 1،603.07 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ 60 ބިން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓުން 26 ބިން، އަދި ބީޗް ސައިޑުން 34 ބިން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ ބީލަން ހުށަހެޅުން އޮންނާނީ ފެބްރުއަރީ ނުވައަކުން ފެށިގެން 16 ފެބްރުއަރީއާ ހަމައަށް ކަމަށެވެެ. ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 300،000ރ. ކަމަށް އެޗްޑީސީންބުނެފައި ވެއެެވެ.
ބިން ވިއްކުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ބީލަމަށްލީ އެބިމުގެ މިލްކުވެރިކަމާއި މެދު މާލޭ ސިޓީކައުންސިލާ އެކުންފުންޏާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުން މައްސަލަ ގޯސްވެ ސިޓީކައުންސިލުން ވަނީ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް ހުޅުމާލެ، މާލޭ ސިޓީކައުންސިލުގެ ބާރުގެ ދަށައް ގެންނަން ފާސްކޮށްފައެވެ. އެހެން ނަމަވެސް އެޗްޑީސީން އެމައްސަލަ ކޯޓަށް ހުށައެޅުމުން އެ ނިއްމުމަށް އަމަލުކުރަން ފަސްކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ބީލަމުގެ އުސޫލުން ގޯތި ވިއްކުމާ ގުޅޭhttps://t.co/0D10gF21UB
— HDC (@hdcmaldives) December 27, 2021

ކިޔުންތެރިންގެ ހިޔާލު