މި އަހަރު ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައުމުން ހޫނު މަރުހަބާ އެއް ކިޔައިފިއެވެ.

މި އަހަރު ރާއްޖެއައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެއައީ ހަވީރުގެ ވަގުތެއްގައެވެ. މިއަދު ހަވީރު ރާއްޖެއައި އެ ފަތުރުވެރިޔާއަކީ ރޯމޭނިއާއަށް ނިސްބަތްވާ ކޮންސްޓެންޓިން ސްޓެލިއަން އެމިލް ނަމަކަށް ކިޔާ ފިރިހެން ފަތުރުވެރިއެކެވެ. އޭނާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސްފައި ވަނީ އާއިލާއާ އެކުގައެވެ.

މިއަދު ރާއްޖެ އައި 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާއްސަ ހަރަކާތްތަކެއް ވެލާނާ އެއާޕޯޓްގައި ބާއްވާފައެވެ. އެގޮތުން އޭނާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްވެސް ވަނީ ވެލާނާ އެއާޕޯޓަށް ވަޑައިގެންފައެވެ.



ރާއްޖެއަށް ޒިޔާރަތް ކުރި 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ސަގާފީ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަހަރުގެ 1.3 މިލިއަން ވަ ފަތުރުވެރިޔާއަށް ހަދިޔާތަކެއްވެސް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން މި އަހަރު އެންމެ ފުރަތަމަ އަމާޒު ހިފީ އެއް މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އޭގެ ފަހުން 1.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ވެސް އަމާޒު ހިފުމަށްފަހު އެންމެ ފަހުން އަމާޒު ހިފީ 1.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލައި ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ކޮވިޑުގެ ކުރީގައި އޮތް ހާލަތަށް ރުޖޫއަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު