ހުޅުމާލެ ފޭސް ދޭކުން 60 ބިން ވިއްކުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެެވެ.
އެޗްޑީސީން ވަނީ މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީޗް ފްރަންޓުންނާއި ބީޗް ސައިޑުން ބިން ވިއްކަން ނިންމައި ބީލަަމަށް ހުޅުވާލާފައެވެ. އެކަމާއި ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގެ ބަދަލުގައި އެޗްޑީސީގެ އާމްދަނީ އިތުރުކުރުން ކަމަށެވެ.
"މާލޭގެ ރައްޔިތުން ނިކަމެތި ކުރުން ހުއްޓާލަން ސަރުކާރަށް ގޮވާލަން." ހުޅުމާލެއިން ބިން ވިއްކުމަށް އެޗްޑީސީން އިއުލާން ކުރުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަަދު ނަޝީދު ވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުއްލަވާފައެެވެ. އެމަނިކުފާނު ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ، އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތް އިރު، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ އެ ސިޔާސަތު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް ނިންމީ ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރި ކަމުގެ އެކިއެކި މަޝްރޫއުތަކުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. ބިން ވިއްކައިގެން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ 2 ވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށް! މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން! pic.twitter.com/TDJkOa8eSk
— Dr Mohamed Muizzu (@MMuizzu) December 27, 2021
މޭޔަރު މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަަދު ނަޝީދު ވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުއްލަވާފައެެވެ. އެމަނިކުފާނު ވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ، އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތް އިރު، ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ އެ ސިޔާސަތު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް ނިންމީ ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރި ކަމުގެ އެކިއެކި މަޝްރޫއުތަކުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. ބިން ވިއްކައިގެން ލިބޭ ފައިސާއިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު