މާފުށީ ރައްޔިތުން ދަތުރު ދިއުމަށް ތަރައްގީ ކުރި ޕިކްނިކް އައިލެންޑް، އެރަށު ކައުންސިލާ ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު މާފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިއަދު މާފުއްޓަށް ވަޑައިގަންނަވާ މައިގަނޑު ބޭނުންފުޅަކީ ޕިކްނިކް އައިލެންޑް، އެރަށު ކައުންސިލާ ޙަވާލުކުރުމަށް ބާއްވާ ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތުންކަމަށެވެ.
މިދަތުރުފުޅުގައި އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ މުހިންމު ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާފުށީ ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީންއެވެ.
ކ. މާފުށީ ޕިކްނިކް އައިލެންޑަކީ ރައްޔިތުން ދަތުރުގޮސްލައި، ހިތްހަމަޖެހޭ މާޙައުލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަރޓިފިޝަލް ރަށެއްގެ ގޮތުގައި ހަދާ ކ.މާފުށީ ޕިކްނިކް އައިލެންޑަކީ ރަށް ކައިރި ފަޅުތެރެއިން 2 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ ރަށެކެވެ.
ކ. މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް މިދިޔަ އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާލާފައެވެ.
ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ 3 މަޝްރޫޢެއް ސަރުކާރުން މިހާރު ވެސް ކުރިއަށްގެންދެއެވެ. އޭގެތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން މާލޭ ސަރަޙައްދަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ޕިކްނިކް އައިލެންޑް، ކ. ކުޑަގިރީގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެރަށުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަމަހުގެ 6ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު