ސްޓްރެޓެޖިކް ޕްލޭންގެ ސަބަބުން މަސައްކަތް ހަލުވިވެފައި ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް.ހަސަން ވިދާޅުވެއްޖެއެވެ.
ޑރ. ހަސަން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2021އިން 2025އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
އިސްލާމީ ޔުނިވަރސިޓީގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން 2021-2025" އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަނެވެ.
މި ސްޓްރެޓެޖިކް ޕްލޭނަކީ އެޔުނިވަރސިޓީގެ ތަޞައްވަރާއި ޔުނިވަރސިޓީން މުސްތަޤުބަލަށް ރޭވިފައިވާ މަސައްކަތްތައް ކަނޑައަޅައި ހާޞިލްކުރަންޖެހޭ ލަނޑުދަނޑިތައް އެކަށައެޅުމަށްފަހު، ތައްޔާރުކޮށްފައިވާ ފަސް އަހަރުގެ ޕްލޭނެކެވެ. މިޕްލޭން އެކުލެވިގެންވަނީ 9 ކީ ރިޒަލްޓް އޭރިއާ (ކޭ.އާރް.އޭ)ގެ މައްޗަށެވެ.
މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ސްޓްރެޓެޖިކް ޕްލޭނެއް މުހިންމުވާ އެއް ސަބަބަކީ އެޕްލޭނުގެ ސަބަބުން އެ މަރުކަޒެއް ދަތުރުކުރަންވީ މިސްރާބު އެނގި ސާފުވެފައި އޮންނާނެތީކަމަށެވެ.
އަދި ސްޓްރެޓެޖިކް ޕްލޭނެއް ހަމައެކަނި އޮތުމަކުންވެސް ނުފުދޭކަމަށާ، މައްސަލަތަކާއި މަސައްކަތްތައް އަދި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަރަށް ސާފުކޮށް އެނގެންޖެހޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޔުނިވަރސިޓީ ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ޑރ.ދީބާ މޫސާ ވަނީ މި ސްޓްރެޓެޖިކް ޕްލޭންގެ ކުރު ތަޢާރަފެއް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު