އަންނަ އަހަރު ފަށާ ހޯމް ސްޓޭ މ.ދިއްގަރުން ފަށަން ނިއްމައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ނާއިބް އަސްއަދު ރިޒާ ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ނާއިބް އަސްއަދު ރިޒާ ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ހޯމް ސްޓޭ ފެށުމަށް ނިއްމާފައިވާ ކަމަށެވެ. އެގޮތުން ހޯމް ސްޓޭ ފެށުމަށް ހަމަޖެހިފައިވަނީ މ.ދިއްގަރުން ކަމަށާއި، ހޯމް ސްޓޭގައި ހުންނަން ޒިޔާރަތް ކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހޯމް ސްޓޭގެ ގަވާއިދު އެކުލަވާލުމުގެ މަސަައްކަތް ނިމިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ނާއިބް އަސްއަދު ރިޒާ ވިދާޅުވިއެވެ.
"ރާއްޖޭގައި ފުރަތަމަ ހޯމް ސްޓޭ ރަޖިސްޓްރީކޮށް ފުރަތަމަ ގެސްޓް ރިސީވް ކުރުމަށް ދިއްގަރުގެ ރައްޔިތުން ވަރަށް ބޮޑެތި ތައްޔާރީތަކެއް ވަމުން އެބަދޭ." ޓޫރިޒަމް މިނިސްޓްރީގެ ނާއިބް ވިދާޅުވިއެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ނާއިބް އަސްއަދު ރިޒާ ވިދާޅުވީ، މ.ދިއްގަރާއެކު މުޅި ރާއްޖޭގައި ވެސް ހޯމް ސްޓޭ ވިޔަފާރި ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ހޯމް ސްޓޭއަކީ މާލެއާއި ދުރު އެކަހެރި ރަށްރަށުގައި ވަރަށް ބޮޑު އިގްތިސާދީ ހަރަކާތުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަންނަ އަހަރު 2 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވުމަށް ވަރަށް ބޮޑު "ބޫސްޓަކަށް" ވެގެންދާނެ ހޯމް ސްޓޭތަކާއި އެކީގައި ރާއްޖެއަށް އިތުރު ވަމުން އަންނަ ބެޑްތައް." ހޯމް ސްޓޭގެ ސަބަބުން އިތުރު ފަތުރުވެރިން އަންނާނެކަމުގެ އުއްމީދު އާ ކުރަށްވަމުން އަސްޢަދު ރިޒާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު