އެހެން ރަށްރަށުގެ މީހުންނަށް ހުޅުމާލެއިން ގޯތި ދިނުމާމެދު ރީކޯ މޫސަ މަނިކާއި ދިޔާނާ ސައީދު ދެބަސްވުމަކަށް ހިނގައްޖެއެވެ.
ހުޅުމާލެއިން ގޯތި ދިނުމުގެ ބަހުސެއް އުފެދިގެން މިއުޅެނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް އެޗްޑީސީން ހުޅުވާލުމާއި ގުޅިގެނެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، އެޗްޑީސީން މިކަމާއި ގުޅޭގޮތުން މިހާތަނަށް ވާހަކަދައްކާފައެއް ނުވެއެވެ. އޭސީސީން ބުނެފައި ވަނީ ހުޅުމާލެއިން ގޯތި ވިއްކަނީ ހުޅުމާލޭގައި ހިންގާ ސޯޝަލް ހައުސިންގ ފަދަ އާންމު ރައްޔިތުންގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢުތައް ހިންގައި އެފަދަ ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރުމުގެ ބޭނުމުގައި ކަމަށެވެ.
ކުރީގެ ބަންޑާރަ ނައިބު ދިޔާނާއާއި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ދެބަސްވުން އުފެދުނީ ހުޅުމާލެއިން އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދިނުމާއި ގުޅޭގޮތުންނެވެ. މިގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ހުޅުމާލެއިން ގޯތި ލިބެންޖެހެނީ މާލެ މީހުންނަށް އެކަނިކަމަށް ވިދާޅުވުމުން ދިޔާނާ ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.
ދިޔާނާ ވިދާޅުވީ ހުޅުމާލެއަކީ މާލެއެއް ނޫންކަމަށާއި، ހުޅުމާލޭގެ ބިން ވަކި ރަށެއްގެ ބަޔަކަށް ހާއްސަ ނުކުރެވޭނެކަމަށެވެ. ނަމަވެސް ހައެއްކަ މަހުޖަނުންނަށް ގޯތިތައް ވިއްކާލުމާއި އޭނާވެސް ދެކޮޅުކަމަށް ދިޔާނާ ވިދާޅުވިއެވެ.
"ހުޅުމާލޭގެ ބިން ހައެއްކަ މަހުޖަނުންނަށް ވިއްކާލުމާ އަޅުގަނޑުވެސް ދެކޮޅު. އެކަމަކު ވަކި ރަށެއްގެ ބައެއްގެ އެކްސްކްލޫސިވް ހައްގެއް ހުޅުމާލެގެ ބިމުގެ މައްޗަށް އޮތްކަމަށް ބަލައިގައްނަން ދަތި. ހުޅުމަލެ އަކީ މާލެއެއް ނޫން." ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ރީކޯ މޫސާ މަނިކު ވިދާޅުވީ ހުޅުމާލެއަކީ މާލޭގެ ބައެއްކަމަށާއި ހިއްކީވެސް މާލޭގެ ބިން ކުޑަވެގެންކަމަށެވެ. އަދި ރަށްރަށުން ހިއްކާ ބިން މާލެ މީހުންނަށް ލިބޭނެ އުސޫލެއްވެސް ނޯންނަކަމަށް މޫސަ ވިދާޅުވިއެވެ.
"ހުޅުމާލެއަކީ މާލޭގެ ބައެއް، ހިއްކީވެސް މާލޭގެ ބިންކުޑަވެގެން ދިރިއުޅެން!! ރައްޔަތުންގެ މަޖިލީހުގައި ހުޅުމާލެ ތަމްސީލް ކުރަން ފުރަތަމަ ފެށިއިރު ތިޔަ ވާހަކަ ދެއްކި މީހަކު ނެތް؟؟ ރަށްރަށުން ބިން ހިއްކާފަ އެބިން މާލެ މީހުންނަށް ހިއްސާވާގޮތަށް ގޯތިދޭ އުސޫލެއް އަދި ނެތް." މޫސަ ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހުޅުވާލާފައިވާއިރު، އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިން ވިއްކުމުގެ ބޭނުމަކީ، ޒަމާނާއި އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރިކަމުގެ އެކި އެކި މަޝްރޫއުގެ ތެރެއިން އެކިއެކި ފަންތީގައި ހިމެނޭ މީހުންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިފަދަ މަޝްރޫއުން ލިބޭ ފައިސާ އިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުން ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
ހުޅުމާލެއިން ބިން ގަންނަ ފަރާތަކީ އަލަށް ބިން ގަންނަ މީހަކު ކަމުގައި ވާންޖެހެއެވެ. އަދި އެމީހަކީ މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި ނުވާ މީހަކަށްވުން ވެސް ހިމެނެއެވެ. އަދި ކޮންމެ މީހަކަށް ވެސް ގަނެވޭނީ ހުޅުމާލެއިން އެއް ބިން ކަމަށް އެޗްޑީސީން ބުނެފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު