ހަވާއެރުވުމާއި ބަޑިބޭހުގެ ކުޅިވަރުތަކާއެކު މީލާދީ އާ އަހަރު ފާހަގަކުރުމަށް މާލޭގައި މިއުޒިކް ޝޯވއެއް ބޭވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އިންތިޒާމްކޮށްގެން މަރުޙަބާވީސް"ގެ ނަމުގައި ބާއްވާ މިމިއުޒިކް ޝޯވް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ސަރަޙައްދުގައި، އަންނަ ހުކުރު ދުވަހުގެ ރޭއެވެ.
މި ޝޯވގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތް ތިވާރީވެސް ބައިވެރިވެ، ލައިވް ހުށައެޅުންތައް ހުށަހަޅާނެއެވެ. މީގެއިތުރުން ދިވެހި ފަންނާނުންގެ ހުށައެޅުންތައްވެސް މި ޝޯވގައި ފެނިގެންދާނެއެވެ.
މި ޝޯވގައި މިއުޒިކީ ހަރަކާތްތަކުގެ އިތުރުން ބަޑިބޭހުގެ ކުޅިވަރުތައްވެސް ޝޯވްގެ ތެރެއިން ކުރިއަށްދާނެއެވެ. ޝޯވްއަށް ވަނުމަށް ހުޅުވާލާފައިވަނީ މުޅިން ހިލޭއެވެ. ޝޯވް ފަށާނީ ހުޅުމާލޭ ސިންތަޓިކް ޓްރެކް ސަރަހައްދުގައި، ރޭގަނޑު 21:00 ގައެވެ. ޝޯވ އޮންނަ ސަރަޙައްދަށް ވަނުމަށް އާއްމުންނަށް ހުޅުވާލާނީ އެރޭގެ 19:45 އިން ފެށިގެންނެވެ. ޝޯވްގައި 5000 ވަރަކަށް މީހުންނަށް ބައިވެރިވެވޭނެކަމަށް ޔޫތް މިނިސްޓްރީން ލަފާކުރެއެވެ.
ނިމިދިޔަ ރައީސް ޔާމިންގެ ސަރުކާރުގައި ވެސް އާ އަހަރު ފާހަގަ ކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ނަމުގައި މީލާދީ އާއަހަރާ ދިމާކޮށް ބޭރުގެ ފަންނާނުން ގެނަސްގެން މިއުޒިކް ޝޯތަކާއި ހަވާއެރުވުމާއި ބަޑިބޭހުގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ.

#Maruhabavees pic.twitter.com/GHhszS9isf
— Ministry of Youth,Sports and Community Empowerment (@MoYSCEmv) December 27, 2021
މި ޝޯވގައި މިއުޒިކީ ހަރަކާތްތަކުގެ އިތުރުން ބަޑިބޭހުގެ ކުޅިވަރުތައްވެސް ޝޯވްގެ ތެރެއިން ކުރިއަށްދާނެއެވެ. ޝޯވްއަށް ވަނުމަށް ހުޅުވާލާފައިވަނީ މުޅިން ހިލޭއެވެ. ޝޯވް ފަށާނީ ހުޅުމާލޭ ސިންތަޓިކް ޓްރެކް ސަރަހައްދުގައި، ރޭގަނޑު 21:00 ގައެވެ. ޝޯވ އޮންނަ ސަރަޙައްދަށް ވަނުމަށް އާއްމުންނަށް ހުޅުވާލާނީ އެރޭގެ 19:45 އިން ފެށިގެންނެވެ. ޝޯވްގައި 5000 ވަރަކަށް މީހުންނަށް ބައިވެރިވެވޭނެކަމަށް ޔޫތް މިނިސްޓްރީން ލަފާކުރެއެވެ.
ނިމިދިޔަ ރައީސް ޔާމިންގެ ސަރުކާރުގައި ވެސް އާ އަހަރު ފާހަގަ ކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ނަމުގައި މީލާދީ އާއަހަރާ ދިމާކޮށް ބޭރުގެ ފަންނާނުން ގެނަސްގެން މިއުޒިކް ޝޯތަކާއި ހަވާއެރުވުމާއި ބަޑިބޭހުގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު