ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު އިތުރު ކޮށްފި އެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ސޮއި ކުރައްވައި ނެރުއްވާފައިވާ ގަރާރުގައިވަނީ ކޮވިޑް-19 އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތް ހިނދު އަދި ރާއްޖޭގައި ވެސް ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމާއެކު މާޗް 12، 2020 ގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމި އޮތް ކަަމަށެވެ. އެހެންކަމުން އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ކަމަށް ގަރާރުގައިވެއެވެ. މިއީ މި ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރި 21 ވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.
އަދި ކޮވިޑްގެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
މި ގަރާރުގައި ރައްޔިތުންގެ ސަލަމާތާރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދިއުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ އަންގަވާފަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރި އިރު މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ އައު ވޭރިއަންޓް ރާއްޖެއިންވެސް މިހާރު ވަނީ ފެނިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު