މާފުށީ ކަނެކްޝަން ބްރިޖްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.
މާފުށީގެ އަލަށް ހިއްކި ބިމާއި މާފުއްޓާ ގުޅާލުމަށް ބުރިޖެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ މާފުށި ޕިކްނިކް އައިލެންޑާއި މާފުއްޓަށް އިތުރުކުރި 25 ހެކްޓަރުގެ ބިން އެރަށު ކައުންސިލާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން 147 މީޓަރު (450 ފޫޓު) ގެ މި ބުރިޖް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ 35 މިލިއަން ރުފިޔާއަށެވެ.
ބްރިޖް އެޅުމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީން ވަނީ މާފުށި ކައިރިން 25 ހެކްޓަރުގެ ބިން ހިއްކައި, 1100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު