"މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ"ގެ ނަމުގައި ރާއްޖޭގެ ގައުމީ ފްލައިންގ ސްކޫލް މިއަދު ހުޅުވައިފިއެވެ.
"މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ"އަކީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިންގ އެކެޑަމީއާ ގުޅިގެން ހިންގަން ފެށި އެކަޑަމީއެކެވެ.
"މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ" ހުޅުވުމަށް ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މިފްލައިންގ ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ދަށުންނެވެ.
ގައުމީ ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލާ ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ މި އެކަޑަމީއަކީ އެއަރޕޯޓު ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީނުކުރުމުގެ ބޭނުމުގައި އުފައްދާ އެކަޑަމީއެއް ކަމަށެވެ. އަދި މި އެކަޑަމީއަކީ ރާއްޖޭގެ ވައިގެ އުދުހުންތަކަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަރުކަޒަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވޭކަމަށްވެސް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މޯލްޑިވްސް އޭޝިޔަން އެކަޑަމީ ހުޅުވާ މިއެކަޑެމީގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. މިސްކޫލުން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމައިފައިވާއިރު، ފުރަތަމަ ބެޗުން 30 ކުދިންނަށް ޖާގަ ދިނުމަށް ވަނީ ނިންމައިފައެވެ.
ފްލައިން ސްކޫލުގެ ކިޔެވުން ފަށާއިރު އެންމެ ފުރަތަމަ އިސްކަމެއްދޭނީ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލުން ތަފާތު ސަބަބުތަކާހެދި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށްކަމަށާއި، އެ ދަރިވަރުންގެ ކޯސް ފީގެ އަގުތަކަށްވެސް ދެވެންހުރި ލުއިތައް ދެމުންދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ވަނީ ވިދާޅުވެފައެވެ.
މިސްކޫލުން ފުރަތަމަ ދޭން ހަމަޖެހިފައިވަނީ ފްލައިން ޓްރެއިނިންގއެވެ. އެހެންނަމަވެސް ކައިރި މުސްތަގްބަލެއްގައި އިތުރު ޕްރޮގްރާމްތައް ތައާރަފް ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު