އދ. މާފުށިވަރު ރިސޯޓު ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އދ. މާފުށިވަރު ރިސޯޓު ޖޫރިމަނާކުރީ ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން މާފުށިވަރު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް، މިނިސްޓްރީއާއި އީޕީއޭގެ ހުއްދައާ ހިލާފަށް ކުރިއަށްގެންދިއުމުންނެވެ. ނަމަވެސް އެ ރިސޯޓުން ހުއްދައާ ޚިލާފަށް ކުރީ ކޮންކަމެއް ކަމަކަށް އީޕީއޭ އަކުން ބުނެފައެއް ނުވެއެވެ.
އީޕީއޭއިން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ބެހޭ ގާނޫނު'ގެ ދަށުން، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން އެ ކުންފުނި 402500 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށް އީޕީއޭއިން ވަނީ ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.
މާފުށިވަރު ރިސޯޓަކީ، އދގައި ތަރައްގީ ކޮށްފައިވާ ރިސޯޓެކެވެ.
މި ރިސޯޓު މިދިޔަ އަހަރު އަލުން ހުޅުވީ މަރާމާތަށް ބަންދުކޮށްފައި އޮންނަތާ އަހަރެއް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު