ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފުރަތަަމަ ފަހަރަށް "އޭޓީސީ ޓަވަރ ސިމިއުލޭޓަރ"އެއް ގާއިމްކޮށްފިއެވެ.
މިއީ އެއަރޕޯޓްގެ ކޮންޓްރޯލް ޓަވަރުގައި މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީންތައް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކުރެވުނު ނިޒާމެކެވެ. އަނެއްކޮޅުން މިއީ މިފަދަ ނިޒާމެއް ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
އެމްއޭސީއެލުން ގެނައި، މި އެއަރ ޓްރެފިކް ކޮންޓްރޯލް ސިމިއުލޭޓަރ އިފްތިތާޙުކޮށްދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރ އަދި އެކްޓިންގ އިންޗަރޖް އިބްރާޙިމް ތާހާއެވެ.
އޭޓީސީ ޓަވަރ ސިމިއުލޭޓަރަކީ އެއަރޕޯޓް ސަރަޙައްދުގެ ފްލައިޓްތަކުގެ ދަތުރުކުރުން ކޮންޓްރޯލްކުރުމުގައި ބޭނުންވާ ތަމްރީން ދިނުމަށް ބޭނުންކުރާ ސިސްޓަމެކެވެ. މި ސިސްޓަމުން އެއަރޕޯޓްގެ 50 މޭލުގެ ރޭޑިއަސް ސަރަޙައްދެއްގެ އުދުހުންތައް ބަލާލެވޭނެއެވެ.
ތާހާ ވިދާޅުވީ، މިއީ އެތައް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއްކަމަށެވެ. އަދި މިހާރު މިދާއިރާއިން ތަމްރީނަށް ފޮނުވަނީ ވަރަށް ބޮޑެތި ހޭދަތައް ކޮންމެ ރާއްޖެއިން ބޭރަށްކަމަށާއި ނަމަވެސް މި ނިޒާމާއެކު ރާއްޖޭގައި ތިބެގެން ތަމްރީން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށެވެ.
ރާއްޖޭގައި މިހާރު ޚިދުމަތްދެމުންދާ 17 ވައިގެ ބަނދަރުގެ އެއަރ ޓްރެފިކް ކޮންޓްރޯލްކުރަނީ އެމްއޭސީއެލުންނެވެ.
އޭޓީސީ ސިމިއުލޭޓަރގެ ފުރަތަމަ ތަމްރީންތައް އަންނަ ޖެނުއަރީމަހު ފެށުމަށް ވަނީ ރާވާފައެވެ. ޕްރޮގްރާމް ފުރަތަމަ ގެންދާނީ އެމްއޭސީއެލްގެ މުވައްޒަފުންނަށެވެ. ނަމަވެސް ފަހުން ޕްރޮގްރާމްތައް އިތުރަށް ފުޅާކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.

We are pleased to announce the inauguration of the country's first ATC Tower Simulator @VelanaAirport.
— Maldives Airports Company Ltd - MACL (@MACLmedia) December 28, 2021
Equipped with the latest technology, the simulator will provide much-needed training for ATC officers. MACL is geared towards excellence in ATC training with this addition. pic.twitter.com/lGlaROxUjQ
އޭޓީސީ ޓަވަރ ސިމިއުލޭޓަރަކީ އެއަރޕޯޓް ސަރަޙައްދުގެ ފްލައިޓްތަކުގެ ދަތުރުކުރުން ކޮންޓްރޯލްކުރުމުގައި ބޭނުންވާ ތަމްރީން ދިނުމަށް ބޭނުންކުރާ ސިސްޓަމެކެވެ. މި ސިސްޓަމުން އެއަރޕޯޓްގެ 50 މޭލުގެ ރޭޑިއަސް ސަރަޙައްދެއްގެ އުދުހުންތައް ބަލާލެވޭނެއެވެ.
ތާހާ ވިދާޅުވީ، މިއީ އެތައް މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއްކަމަށެވެ. އަދި މިހާރު މިދާއިރާއިން ތަމްރީނަށް ފޮނުވަނީ ވަރަށް ބޮޑެތި ހޭދަތައް ކޮންމެ ރާއްޖެއިން ބޭރަށްކަމަށާއި ނަމަވެސް މި ނިޒާމާއެކު ރާއްޖޭގައި ތިބެގެން ތަމްރީން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށެވެ.
ރާއްޖޭގައި މިހާރު ޚިދުމަތްދެމުންދާ 17 ވައިގެ ބަނދަރުގެ އެއަރ ޓްރެފިކް ކޮންޓްރޯލްކުރަނީ އެމްއޭސީއެލުންނެވެ.
އޭޓީސީ ސިމިއުލޭޓަރގެ ފުރަތަމަ ތަމްރީންތައް އަންނަ ޖެނުއަރީމަހު ފެށުމަށް ވަނީ ރާވާފައެވެ. ޕްރޮގްރާމް ފުރަތަމަ ގެންދާނީ އެމްއޭސީއެލްގެ މުވައްޒަފުންނަށެވެ. ނަމަވެސް ފަހުން ޕްރޮގްރާމްތައް އިތުރަށް ފުޅާކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު