އަހުމަދު މަސްނޫމް   29 ޑިސެމްބަރު 2021 - 16:54
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަނާރާ ނައީމް އަދާލަތު ޕާޓީން ވަކިވާން ހުށަހަޅުއްވައިފިއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި އަނާރާ ވަނީ އަދާލަތު ޕާޓީން އޭނާ ވަކިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މިދިޔަ މުއްދަތުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއްބާރުލުމާއި އެހީތެރިކަމަށް އަނާރާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދާލަތު ޕާޓީން ވަކިވާން އަނާރާ ހުށަހެޅުއްވި ނަމަވެސް އޭނާ ޕާޓީން ވަކިވާން ނިންމީ ކީއްވެކަމެއް ހާމަކޮށްފައެއް ނުވެއެވެ.



ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން އަނާރާ ވަކިވެވަޑައިގެންފައިވާއިރު ބައެއް ދީނީ އިލްމުވެރިން ގެންދަނީ އަދާލަތު ޕާޓީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން މި ސަރުކާރުން އިންޑިއާއާއެކު ބާއްވާ ގުޅުމާއި މެދު ދީނީ ބައެއް އިލްމުވެރިން ފާޑު ކިޔަމުންދާއިރު، އަދާލަތު ޕާޓީން ދަނީ ސަރުކާރުން އިންޑިއާއާއެކު އޮންނަ ގުޅުން ދިފާއު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު