ކޯވިޑްގެ ހާލަތުގައި ދައުލަތުގެ ކަންކަން ހަމަޖައްސަން ދަރަނި ނުނެގިނަމަ ރައްޔިތުން ދަތިކަމުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ހޭދަވީސްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
23 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޯވިޑްގެ ހާލަތާއެކު އިގްތިސާދު މަޑުޖެހުމުން ވަރަށް ގިނަ ކަންކަމަށް ސަރުކާރުން ބެއްލެވިކަމަށެވެ. އެގޮތުން ސަރުކާރުން ބެލީ ދަރަނި ނަގައިގެން ނަމަވެސް އިޤްތިޞާދު ހިފަހައްޓައި، ރައްޔިތުން ދަތި ހާލަތުން ވީއެންމެ އަވަހަށް ސަލާމަތްކުރެވޭތޯކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ދަރަނި ނަގައިގެން ސަރުކާރުން މަސައްކަތްކުރީ ދުރުރާސްތާގެ ޕްލޭނެއްގެ ތެރެއިންކަމަށެވެ. އަދި އިޤްތިޞާދީ ކާރިސާތަކުގައި ދަރަނި ނެގުމަކީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއްކަންވެސް އަމީރު ފާހަގަކުރެއްވިއެވެ. އަދި ދަރަނި ނުނެގިނަމަ މި ހާލަތުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ހޭދަވީސްކަމަށް އާމިރު ވިދާޅުވިއެވެ.
"އިޤްތިޞާދީ ކާރިސާތަކުގެ ތެރޭގައި ދަރަނި ނަގައިގެންވެސް ޚަރަދުތައްކޮށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫނާރައި ކުރިއަށްގެންދިއުމަކީވެސް ހާލަތުގެ ގޮތުން އެންމެ ރަނގަޅު މަގަށްވެގެންދޭ. މިއީ މުޅި ދުނިޔެ ބަލައިގަނެފައިވާ ކާމިޔާބު އުސޫލެއް." އަމީރު ވިދާޅުވިއެވެ.
ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ނުހުއްޓި ކުރިއަށްގެންދިއުމަށްޓަކައި ސަރުކާރުން ލޯނު ނަގާފައިވާތީ ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިއާފައެވެ. ނަމަވެސް ކޯވިޑަށްފަހު ރާއްޖޭގެ އިގްތިސާދު ދަނީ ބާރަށް ކުރިއަރަމުންނެވެ. އަދި ރާއްޖޭގެ އިގްތިސާދަކީ މިވަގުތު ދުނިޔޭގައި އެންމެ ބާރަށް ކުރިއަރާ އެއް އިގްތިސާދުކަމަށް މާލީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
މިގޮތުން ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު ކުރިއަރާނެ މިންވަރު 38.5 އިންސައްތައަށް އަރާނެކަމަށްކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު