ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރާ 4000 ހައުސިންގ ޔުނިޓުގެ އެޑްވާންސް ފައިސާ ދައްކައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ އެން.ބީ.ސީ.ސީ އާއެކު ދެމެދު ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި 2000 ހައުސިންގ ޔުނިޓު އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާއާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއެކު 2000 ހައުސިންގ ޔުނިޓު އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައިވާކަމަށެވެ.
މި ދެ މަޝްރޫއު ކުރިއަށްދަާއިރު މީގެއިން ކޮންމެ މަޝްރޫޢެއްގައި 17 ބުރިއަށް އިމާރާތްކުރެވޭ 16 ޓަވަރު އިމާރާތް ކުރާނެއެވެ. އޭގެ ތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކަށް ޚާއްސަކުރެވިފައިވާ ޓަވަރުތަކާއި 3 ކޮޓަރީގެ ޔުނިޓްތަކަށް ޚާއްސަކުރެވިފައިވާ ޓަވަރުތައް ހިމެނެއެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި 8 ރެޒިޑެންޝިއަލް ޔުނިޓް ހުންނާނެއެވެ.
މި މަޝްރޫއުތަކުގެ ދަށުން 900 އަކަފޫޓުގެ 3 ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 ޔުނިޓް ހުންނާނެއެވެ.
މި 2 މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު މިމަސައްކަތް އަމަލީ ގޮތުން ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު