ފޯކައިދޫ އިންޖީނުގެއާ ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިތުރުފުޅު ހެއްދެވުމުން، އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އޭނާއަށް ރައްދު ދެއްވައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެ ދާއިރާއަށް ވަޑައިގެން އުޅުއްވާ އަބްދުﷲ ރިޔާޒު އެ ދާއިރާގައި ހިމެނޭ ފޯކާއިދޫއަށް ވަޑައިގެން ވަނީ އެރަށު އިންޖީނުގެއާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަށްވައިފައެވެ. ބާވެފައި ހުރި އިންޖީނުގެއެއްގެ ފޮޓޯ އާއްމު ކުރެއްވުމަށްފަހު ރިޔާޒު ވިދާޅުވީ ށ. ފޯކައިދޫ އިންޖީނުގެ ހުންނަނީ ރައްޔިތުން ދިރިއުޅޭ ގެތަކުގެ ތެރޭގައިކަމަށެވެ. އަދި މިއީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެ އިހުމާލުކަމަށާއި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވާނެ ތުރާ އިހުސާސް ކުރެވުނުކަމަށް ވެސް ރިޔާޒު ވިދާޅުވެފައިވެއެވެ. އަބްދުﷲ ރިޔާޒު ވަނީ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ގެންދިޔުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.
ފޯކައިދޫ އިންޖީނުގެއާ ގުޅޭގޮތުން ރަނގަޅަށް މައުލޫމާތު ނުހޯއްދަވައި ރިޔާޒު ޓްވީޓް ކުރެއްވިއިރު، ފޯކައިދޫ އައު އިންޖީނުގެ ޢިމާރާތްކުރުމުގެ މަޝްރޫޢު 2019 ވަނަ އަހަރު ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. ރަސްމީކޮށް ހުޅުވާ ހިސާބަށް ގޮސްފައިވާ ފޯކައިދޫ އިންޖީނުގެއަކީ ސަރުކާރުން 5 މިލިއަން ރުފިޔާ ހޭދަކުރަށްވައިގެން ހިންގި މަޝްރޫޢެކެވެ.
ފޯކައިދޫ އައު އިންޖީނުގޭގެ ފޮޓޯއަކާއެކު އަބްދުﷲ ރިޔާޒުގެ ޓްވީޓަށް ރައްދުދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ކެމްޕެއިންގައި އުޅުއްވިއެއްކަމަކު ދެލޯފުޅު ހުޅުއްވައިލައްވައިގެން ބައްލަވާލެއްވުން ރަނގަޅުވާނެކަމަށެވެ. އަދި ފޯކައިދޫ އިންޖީނުގެ ހުރީ ރިބަން ކަނޑާ ހިސާބުގައިކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.
ކޮމަަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރިގަދަވެފައިވާއިރު، އެ ދާއިރާއަށް އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ކެންޑިޑޭޓުން ވާދަކުރެއެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިފަހަރު ވެގެންދާނީ ވަރަށް ވާދަވެރި ފޯރިގަދަ އިލެކްޝަނަކަށް ކަމުގައި ބެލެވެއެވެ.

ށ. ފޯކައިދޫ އިންޖީނުގެ ހުންނަނީ ރައްޔިތުން ދިރިއުޅޭ ގެތަކުގެ ތެރޭގަ. މިއީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގެ އިހުމާލު! މިރަށުގަ ދިރިއުޅޭ ރައްޔިތުންނަށްވާނެ ތުރާ އިހުސާސްކުރެވުނު. އިންޖީނުގެ މީހުންދިރިއުޅޭ ސަރަހައްދުން ދުރައް ގެންދިޔުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލަން. pic.twitter.com/rt1zEXAM1I
— Abdulla Riyaz MP (@riyazabdulla) December 29, 2021
ފޯކައިދޫ އިންޖީނުގެއާ ގުޅޭގޮތުން ރަނގަޅަށް މައުލޫމާތު ނުހޯއްދަވައި ރިޔާޒު ޓްވީޓް ކުރެއްވިއިރު، ފޯކައިދޫ އައު އިންޖީނުގެ ޢިމާރާތްކުރުމުގެ މަޝްރޫޢު 2019 ވަނަ އަހަރު ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. ރަސްމީކޮށް ހުޅުވާ ހިސާބަށް ގޮސްފައިވާ ފޯކައިދޫ އިންޖީނުގެއަކީ ސަރުކާރުން 5 މިލިއަން ރުފިޔާ ހޭދަކުރަށްވައިގެން ހިންގި މަޝްރޫޢެކެވެ.
ފޯކައިދޫ އައު އިންޖީނުގޭގެ ފޮޓޯއަކާއެކު އަބްދުﷲ ރިޔާޒުގެ ޓްވީޓަށް ރައްދުދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ކެމްޕެއިންގައި އުޅުއްވިއެއްކަމަކު ދެލޯފުޅު ހުޅުއްވައިލައްވައިގެން ބައްލަވާލެއްވުން ރަނގަޅުވާނެކަމަށެވެ. އަދި ފޯކައިދޫ އިންޖީނުގެ ހުރީ ރިބަން ކަނޑާ ހިސާބުގައިކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.
Manikufaanu Campaign ehga ulhuvviyas dhelo hulhuvaalaigen ballavaalun ra’ngalhuvaane. Powerhouse mivanee ribbon ka’ndaalan thayyaarukoffa. Manikufaanaa gulhunhuri kameh noon. #komandooDhaairaa#Agenda19 #BiElection #VoteMdp https://t.co/MGGgHGXHfy pic.twitter.com/8yipYzUOgJ
— Mohamed Shifaz🎈 (@mdpshippe) December 29, 2021
ކޮމަަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރިގަދަވެފައިވާއިރު، އެ ދާއިރާއަށް އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ކެންޑިޑޭޓުން ވާދަކުރެއެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިފަހަރު ވެގެންދާނީ ވަރަށް ވާދަވެރި ފޯރިގަދަ އިލެކްޝަނަކަށް ކަމުގައި ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު