ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައިވާއިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ކަމަށް އެކުންފުނިން ބުނެފިއެވެ.
ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ރިޔާސީ ވައުދާ އެއްގޮތަށް ސަރުކާރުން މިއަދު ވަނީ ރާއްޖޭގައި މިހާތަނަށް ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ނުފެށިވާ 39 ރަށެއްގައި އެ މަސައްކަތްތައް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 23 ރަށެއްގެ ފެނާއި 16 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތެވެ.
މިއަދު ހަވާލު ކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 920 މިލިއަން ރުފިޔާ އެވެ. ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމްކުރެވިފައި ނެތް ރަށްރަށުގައި ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ ކަމަށެވެ. މިއީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ޙިއްސާ ހުރިހާ ފަރާތްތަކުން ވެސް ބަލައިގަނެ، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކުންފުންޏަށް ލިބިފައި ވާކަމުގެ ހެއްކެއް ކަމަށް ފެނަކައިން ގަބޫލު ކުރާ ކަމަށެވެ.
އަދި މިއީ ފެނަކައިގެ ތާރީޚުގައި މިހާތަނަށް ޙަވާލުވި އެންމެ ބޮޑު މަޝްރޫޢަށް ވާއިރު، ފުރިހަމަގޮތުގައި އަވަހަށް އެ މަސައްކަތް ނިންމައި، މިދާއިރާއިން ނަމޫނާ ދެއްކުމަށް ފެނަކަ އޮތީ ސާބިތުކަމާއެކު ތައްޔާރު ވެފައިކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 600 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މިމަޝްރޫޢުތައް އެއްބަސްވެފައިވާ ތާރީޚަށްވުރެ ކުރިން ނިންމައި، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމްތަކެއް ވުޖޫދު ކުރުމަށް ފެނަކައިން އަމާޒު ހިފާފައިވާ ކަމަށްވެސް އެކުންފުނިން ނެރުނު ބަޔާނުގައިވެއެވެެ.
މީގެ އިތުރުން ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމް ކުރުމަށް ލިބިގެން ދިއުމަކީ، އަލަށް ގާއިމްކުރެވޭ ނިޒާމްތަކުން، ޒަމާނީ ފަންނުވެރި ކަމުގެ އީޖާދީ ވިސްނުމާއެކު އައު ހަރުފަތަކަށް ޚިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ހިދުމަތްތަކެއް ކަށަވަރު ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ބިންގަލެކަމަށް ފެނަކައިން ބުނެފައި ވެއެވެެ.

ކިޔުންތެރިންގެ ހިޔާލު