އަހުމަދު މަސްނޫމް   29 ޑިސެމްބަރު 2021 - 23:15
ޞަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު (ކ) އާއި، ރީކޯ މޫސަ (ވ
ޞަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު (ކ) އާއި، ރީކޯ މޫސަ (ވ
ޖަމިިއްޔަތުލް ސަލަފުން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަމުން ގެންދާ ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ސަލަފު ޖަމިއްޔާއަށް އެގޮތަށް ތުހުމަތުކުރެއްވީ ދިވެހި ނޫސްވެރިން ތަމްރީން ކުރުމަށް އިންޑިޔާއަށް ފޮނުވުމަށް ނިއްމުމުން އެއީ އިންޑިޔާ އައުޓް ހަރަކާތާއި ދެކޮޅަށް މީޑިޔާ ތަމްރީން ކުރުން ކަމަށް ސަލަފު ޖަމިއްޔާގެ ރައީސް، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު، ސިފަކުރެއްވުމާއި ގުޅިގެންނެެވެ.

ސަލަފު ޖަމިއްޔާގެ ރައީސް، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު، ވިދާޅުވީ އެއީ އިންޑިޔާ އައުޓް ހަރަކާތާއި ދެކޮޅަށް މީޑިޔާ ތަމްރީންކޮށް ނޫސްވެރިން ބޯދޮވެލުމުގެ ކެމްޕޭނަކަށް ހަދައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެކަމާއި ގުޅިގެން މޫސާ މަނިކު ވަނީ ފިތުނަ އުފެއްދުމާއި ފަސާދަ ކުރުމަށް ބާރު އަޅައި ސަލަފުން ޓުވީޓްތައް ކުރާއިރު ފިތުނަ ފަސާދައަށް އޮތް ހުކުމް އެނގޭތޯ ސުވާލުކުރައްވާފައެވެ.

އަދި މާތް ﷲ ތައުބާވެ ބިރުވެތިވުމަށް ރީކޯ މޫސަ ވަނީ ސަލަފުގެ ރައީސަށް ގޮވާލައްވާފައެވެ.

‏ނޫސްވެރިން އިންޑިޔާއަށް ފޮނުވަން ނިއްމުމާއި ގުޅިގެން ސަލަފުގެ ރައީސް، ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު، ވިދާޅުވީ ނޫސްވެރިންގެ ހުނަރާ،ބަހުގެ އަދަބިއްޔާތު އަށަގެންނެވުމަށް ނޫސްވެރިން ތަމްރީނުކުރުމަކީ މުހިއްމުކަމެެއް ކަމަށެވެ. އެހެން ނަމަވެސް ކަންކަންފެންނަމުންދާ ގޮތުން އެކަމަކީ "އިންޑިޔާ އައުޓް" ހަރަކާތާ ދެކޮޅަށް މީޑިއާ ތަމްރީނުކޮށް، ނޫސްވެރިން ބޯދޮވެލުމުގެ ކެމްޕޭނަކަށް ހަދައިފާނެކަމުގެ ބިރު އެބަ އޮތް ކަމަށް ޝައިހް ޢަބްދުﷲ ބިން މުޙައްމަދު، ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-6

މުއްތު

06-Jan-2022

މޫސާއަށް ޝުކުރުދަންނަވަން


-3

ކެހުނުކިހަށް

06-Jan-2022

ސަލަފު ކުދިންކޮޅަކީ ފައިސާދިނީމަ ފައިސާދޭމީހާ ބުނާގޮތަކަށް ބަޔާންނެރެ އެގޮތަށް ދީނީ ނަސޭހަތްވެސްދޭބައެއް ހަކުރުދެންޔާ ބޮޑުބޭބެ


4

ޢަހުމަދު

06-Jan-2022

އަލަކަށް ކުރާކަމެއް ނޫން ... ރާއްޖޭގަ ވަރަށް ގިނަވާނެ މީޑިއާގެ ދާއިރާއިން އިންޑިޔާއަން ކިޔަވައިފަ ތިބި ނޫސްވެރިން... މަވާ ސަލާމް..


11

ފާތުން

06-Jan-2022

ސަލަފަކީ ޖިހާދަށްދާން މީހުންގެ ބޯ ފޮންނަ ބައެއް. ކޮރަޕްޓް ބައެއް


2

ޕަޓާސް

06-Jan-2022

މިހާރުއަދާލަތުއޯކޭ އިމުރށނުވެސްއޯކޭދޯ


11

ސަަލަފޭ

06-Jan-2022

ޖަނާބު އަކީ ބިންލާދިން, ޚަވާރިޖުން ކުރީ މަތިވެރި ޖިހާދުކަމަށް ދެކޭ ހަރުކަށި ވިސްނުމުގެ މީހެއް. ވެރިޔާ ދެކޮޅަށް މުޒާހަރާ ކުރުމާއި މިފަދަ ކަންކަމަށް ބޭނިގެން އުޅޭ ޚަވާރިޖެއް. މިމީހުން ކިޔާފާނެ ކޮންމެ އެއްޗެއްވެސް.


3

މުހައްމަދު

06-Jan-2022

ޔާނު ވެރިޖަމުގައި ހުރިހާ ޖަރީމާއެއް ހިންގި އިރު މިބައި ގަނަޑު ކޮބާ


13

ބިރުބޮޑު

06-Jan-2022

މޫސާމެން ފުޅިބޯމީހުންނަށް ނޭންގޭނެ ތައުބާވާން ވަރަށްަސާާފް


0

ދެރަކަމެއ

31-Dec-2021

ސަލަފުން ހީކުރޭ އެހެންމީހުންނަކީ ބުއްދީގެ ކަންފުޅެއްވެސް ހުންނަބައެއް ނޫނޭ. އެމީހުން ނޫނިއްޔާ ދެންތިބީ މީހުންގެ ސިކުނޑިތަކަކީ ބޭނުންހާއިރަކު ފޯމެޓްކުރެވޭ ބޭނުން އެއްޗެއް ލިޔެ ފޮހެވޭ ހާޑޑްޑިސްކުތަކެކޭ. މިގައުމުގައި އިސްލާމްދީން ދެމިއޮންނަނީ ތިމަންމެންގެ މޮޅުކަމާ މަސައްކަތުންނޭ.


-5

ޒިޔާދު ބިން އުމަރު

31-Dec-2021

ދިވެހި ނޫސްވެރިން ތަމްރީން ކުރުމަށް އިންޑިޔާއަށް ފޮނުވުމަށް ނިއްމުމުން އެއީ އިންޑިޔާ އައުޓް ހަރަކާތް ހިންގާތީ , ނޫސްވެރިންގެ ބޮލަށް ސަވާރުވާން, ކޮންމެހެން ނޫސްވެރިން ތަމްރީނު ކުރާކައް ނޫން... އިންޑިއާ ރޯ ގެ ރޭވުމެއްގެތެރެއިން އެމީހުން ގެންދަނީ ރިސްވަތު ދިނުމައް. ރީކޯ މޫސަ ހަޅޭ ލަވަނީ މޫސައަކީ އެމްޑީޕީ ގައި ހުރި ދުވަސް ވަރު އިންޑިއަން ހައިކޮމިޝަން ގެ ހަދިޔާ ލިބުނު އިއްޒަތްތެރި ބޭފުޅެއް.... މީނާރު އިންޑިއާ ހއިކޮމިޝަން އިން ދަނީ ބައެއް ނޫސްވެރިނަށް އަދި ބައެއް ލޯޔަރުންނަށް ރިސްވަތުގެ ގޮތުގައި ފައިސާ ދެމުން އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމުގައި އެހީތެރކަން ހޯދަން .. ސަލަފުން ދައްކާ ވާހަކަ އަޑުއަހަން ނުވަނީ ސިޔާސީ މީހުންވީމަ , ދެންކަލޭ ދައްކާ ވާޙަކ އަދު އަހަންވީ ޚިއްވެ ަކލެޔަކީ ވެސް ސިޔާސީ މީހެއް .. ކަލެއަސް ވެސް އިންޑިއާ ހައިކޮމިޝަން އިން ކޮންމެ މަހަކު 3000 ޑޮލަރު ގެ ހަދިޔާ ލިބޭމީހެއްތަ ތީ.. ކޮބާ އަދާލަތު ޕާރޓީގައި އެތިބިީ ސިޔާސީ މީހުނެއްނޫން ދޯ ..އަލީ ޒާހިރު , އިމްރާންމެން ..


-9

ޙުސްނީ

30-Dec-2021

ކޮންސަލަފެއް މުންޖޭކިޔާކަށް ސީދާ ފިތުނަހަދާ ސިޔާސީ ބައިގަނޑެއް ތިޔަކިޔާ ސަލަފަކީ ޔާމީން ނެރެފަ ތިބި ބައިގަނޑެއް އެމީހުން ދައްކާ ދީނީ ވާހަކަ އަޑު އަހަން ވެސް ހެޔޮނުވާނެ ފަހަރަކު މީހަކު ކާފަރު ކޮށް ގައްދާރު ކުރަމުންދާއިރު ހީވަނީ އިސްލާމުދީން ދަންނަނީ މިބައިންގަނޑު އެކަނިހެން


16

ޙަސަން

30-Dec-2021

ޙެޔޮވާހަކަ އެއް ތީ ޔާމިން ވަށައިގެން އުޅޭ ބައިގަނޑެއް އޭރު ކަނުބަނދެގެން ތިބި ބަޔަކަށް މިއަދު ދެންކީކޭ ކިޔޭނީ އަލީރަމީޒު ވެސް ޔަމީން ގެ ފުށުން ލިބުނުއެތިވަރު ހުސްވީމާ ތެޅިބާލަނީ


1

ޠަހުޔާ

30-Dec-2021

ވަރަށް ބޮޑުތެދެއް މޫސާ ތިޔަބުނީ ސަލަފަކީ ދީނީ ތާކިހަލުގަ އާމުދަނީ ހޯދަން ހަދައިގެން އުޅޭ ސިޔާ ބައިގަނޑެއް