ށ. ކޮމަންޑޫގެ ތަރައްގީއަށް ކުރި ކަމެއް ކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށް އެޕާޓީގެ ނާއިބް ރައީސް މުހަންމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނާއިބް ރައީސް މުހަންމަދު ޝިފާޒް މިހެން ވިދާޅުވީ ކޮމަންޑޫގެ ތަރައްގީއަށް ސަރުކާރުން މަސައްކަތް ކޮށްފައިނުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެެވެ. ކޮމަންޑޫގައި ސަރުކާރުން އަޅާ އައު އިންޖީނުގޭގެ ފޮޓޯ އެއް ޝޯޝަލް މީޑިޔާގައި ހިއްސާކުރައްވައި ރައީސް އޮފީހުގެ މިނިސްޓަރު މުހަންމަދު ޝިފާޒް ވިދާޅުވީ، ސަމުސުއްދީނުގެ ޒަމާނުއްސުރެ ކޮމަންޑޫ އަށް ސަރުކާރަކުން ކުރި ކަމެއް ކޮށްދީފައިވަނީ އެމްޑީޕީއަށް ވެރިކަން ލިބުނު ފުރުސަތުގައި ކަމަށެވެ.



"ރައްޔިތުން ހާލުގައި އުޅޭކަން އެހެން ބަޔަކަށް އިހުސާސްވާން ފެށީތީ މާތްﷲ އަށް ހަމްދުކުރަން، އެމްޑީޕީން މަސައްކަތް ފެށީ މިކަން މާކުރިން ސާފުވެގެން." ޝިފާޒް ވިދާޅުވިއެވެ.



ކޮމަަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރިގަދަވެފައިވާއިރު، އެ ދާއިރާއަށް އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީން ކެންޑިޑޭޓުން ވާދަކުރުމަށް ވަނީ ނިންމާފައެވެެ. އެ ދާއިރާއަށް ވާދަކުރާ ޕާޓީތަކުން ކެންޑިޑޭޓުން މިހާރު ކަނޑައަޅާފައިވާއިރު އެ ޕާޓީތަކުން މިހާރު ވަނީ ކެމްޕޭން ފަށާފައެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިފަހަރު ވެގެންދާނީ ވަރަށް ވާދަވެރި ފޯރިގަދަ އިލެކްޝަނަކަށް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-9

އިބްރާހިމް

06-Jan-2022

މި ބައި އިލެކްޝަންގައި ވާދަކުރަނީ އިންޑިއާގެ ގެރި މޯޑީއާއި ރާއްޖޭގެ ތަރައްޤީގެ ބާނީ ރ ޔާމީނެވެ.