އެފްއޭއެމްގެ މުވައްޒަފުންނަށް މިދިޔަ ދެ މަހުގެ މުސާރަ ނުދޭކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ފެތުރީ ކަނޑައެޅިގެން ދޮގުވާހަކައެއް ކަމަށް އެފްއޭމްގެ ޖެނެރަލް ސެކްރެޓްރީ ހުސައިން ޖަވާޒު ވިދާޅުވެއްޖެއެވެ.
ޖަވާޒު މިހެން ވިދާޅުވީ، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެމަސް ވެއްޖެ ކަމަށް ބުނެ "މިހާރު" ނޫހުން ރިޕޯޓްކުރުމާއި ގުޅިގެންނެވެ. އެކަން ދޮގު ކޮށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ މި ދިޔަ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މިހާރު ދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް ހުސްވި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް ދިނުން ލަސްވި ކަމަށާއި، އެގޮތަށް ދިމާވީ ފައިސާ ޖަމާކުރުމުގައި މައްސަލަތަކެއް ދިމާވެގެން ކަމަށް ޖަވާ ވިދާޅުވިއެވެ. ޖަވާ ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ހަގީގަތާއި ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް މީޑިޔާ ތަކަށް ގޮވާލައްވާފައެވެ.
ޖަވާ މިހެން ވިދާޅުވެފައިވާއިރު ފުޓުބޯޅަ އާއި މެދު ނުބައި ތަސައްވަރެއް އުފައްދާ ކަމަށް ބުނެ ކްލަބުތަކުން "މިހާރު" ނޫސް ބައިވެރިވާ އެއްވެސް ޕްރެސްކޮންފަރެންސެެއްގައި ބައިވެރިނުވާން ވަނީ ނިންމާފައެވެ.
ހަތްދިހައަށް ވުރެ ގިނަ މުވައްޒަފުން އެފްއޭއެމްގައި މަސައްކަތް ކުރެއެވެ. އޭގެތެރެއިން ހަ މުވައްޒަފަކު ދާދި ފަހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެފްއޭއެމުން ބުނީ އެއީ އޮނިގަނޑަށް ގެންނަ ބަދަލަކާއި ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު