އިންޑޮނޭޝިއާ ކައިރިން ކަނޑުގެ އަޑިއަށް ބާރުގަދަ ބިންހެލުމެއް މިރޭ އަތުވެއްޖެއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، އިންޑޮނޭޝިއާ ކައިރިން ކަނޑުގެ އަޑިއަށް 7.4 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައިވާ ކަމަށާއި އަދި މިބިންހެލުން އައީ މާލެއާއި 6143 ކިލޯމީޓަރުގެ ދުރު ސަރަހައްދަކަށް ކަމަށެވެ. ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކުރެއެެވެ.
މިބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް އަދި މިހާތަނަށް ނެރެފައެއް ނުވެއެވެ. އެހެން ނަމަވެސް ބިންހެލުން އައި ސަރަހައްދާއި ކައިރި އައްސޭރިފަށުގައި ދިރިއުޅޭ ބައެއް މީހުން ވަނީ ސުނާމީއެއް އަރާފާނެ ކަމަށް ލަފާކޮށް އަދި އިތުރު ބިންހެލުމެއް ވެސް އަތުވެދާނެ ކަމުގެ ބިރު އޮތުމުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ފަށާފައި ކަމަށް އިންޑޮނޭޝިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މި ބިންހެލުމާއި ގުޅިގެން އިންޑޮނޭޝިޔާގެ ސަރަހައްދުތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެެވެ.

An Earthquake of 7.4 occurred in Banda Sea, Indonesia. There is no threat to Maldives. pic.twitter.com/wfMdif1mJU
— Maldives Meteorology (@MetMaldives) December 29, 2021
މިބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް އަދި މިހާތަނަށް ނެރެފައެއް ނުވެއެވެ. އެހެން ނަމަވެސް ބިންހެލުން އައި ސަރަހައްދާއި ކައިރި އައްސޭރިފަށުގައި ދިރިއުޅޭ ބައެއް މީހުން ވަނީ ސުނާމީއެއް އަރާފާނެ ކަމަށް ލަފާކޮށް އަދި އިތުރު ބިންހެލުމެއް ވެސް އަތުވެދާނެ ކަމުގެ ބިރު އޮތުމުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ފަށާފައި ކަމަށް އިންޑޮނޭޝިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މި ބިންހެލުމާއި ގުޅިގެން އިންޑޮނޭޝިޔާގެ ސަރަހައްދުތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެެވެ.
ކިޔުންތެރިންގެ ހިޔާލު