ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ނ. މަނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ 132,000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމެއްގައެވެ.

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދުއެވެ.



މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ފާތިމަތު ނިންފާއެވެ. ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އައްބާސް މުޙައްމަދެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަބްދުﷲ މަޢުޞޫމާއި ރައްޔިތުން މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ބައިވެރިވެވަޑައިގަތެވެ.

މަދުވެގެން 50 ކޮޓަރި ހިމެނޭ ގޮތަށް މި ހޮޓާ ތަރައްޤީކޮށް 2024 ޖުލައިގެ ކުރިންހުޅުވޭނެކަމަށް ބެލެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު