އިލެކްޝަން ކޮމިޝަނުން ދެ ފުށް ނުފެންނަ ގޮތަށް މީގެ ކުރިން ބައެއް ކަންކަން ނިއްމާފައި އެބަހުރި ކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގް ވިދާޅުވީ، އެކޮމިޝަނުން މީގެ ކުރިން ބައެއް ކަންކަން އެހާ ޓްރާންސްޕޭރެންޓް ނުވާގޮތަށް ނިންމާފައިވާ ކަމަށެެވެ. އިލެކްޝަން ކޮމިޝަނުން ދެފުށް ނުފެންނަ ގޮތަށް ކަންކަން ނިންމާނަމަ ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭނެ ކަމަށާއި، ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮމިޝަނުން މަސައްކަތް ކުރަންޖެހޭ ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަނީ ހުރިހާ ކަމެއްވެސް ޓްރާންސްޕޭރެންޓްކޮށް ނުވަތަ ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށް ކަމަށާއި، އެކަމަށް ބާރު އަޅުއްވައި އެގޮތަށް ކޮމިޝަންގެ މުވައްޒަފުންނަށް އިރުޝާދު ދެއްވާ ކަމަށް ފުއާދު ވިދާޅުވިއެެވެ.
" އަޅުގަނޑު މިހާރު ޔަގީކަން އަރުވާނަން މިހާރު ތިބި މެމްބަރުން ތިބެގެން ބޭއްވޭ ބައި އިލެކްޝަނަކަށް ވިޔަސް ރިޔާސީ އިންތިޚާބަށް ވިޔަސް މަޖިލީހުގެ އިންތިޚާބަށް ވިޔަސް ތެދުވެރިކަމާއެކު އަމާނަތް ތެރިކަމާ އިންސާފުވެރިކަމާއެކު ބާއްވައިދޭނެ ކަމަށް." ފުއާދު ވިދާޅުވިއެެވެ.
އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމުގެ ތައްޔާރީތައް ފަށާފައެވެ. އެ އިންތިޚާބު އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު ބައި އިލެކްޝަނާއެކު ހުސްވެފައިވާ ބައެއް ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ވެސް އެ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު