ބޭރު ގައުމެއްގެ ސިފައިން ނެތި މި ޒަމާނުގައި ގައުމެއް ތަރައްގީއެއް ނުކުރެވޭނެކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ކެލާ ދާއިރާގެ މެމްބަރު ވަނީ ސިޔާސީ ހަމަޖެހުމާއި، އަދި ބޭރުގައުމެއްގެ ސިފައިން ނެތި ފަހުގެ ތާރީހެއްގައި ތަރައްގީކުރެވުނު އެއްވެސް ގައުމެއް މިދުނިޔޭގައި އެބައޮތްތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އަދި އޭގެ މިސާލު ތަކުގެ ތެރޭގައި ސިންގަޕޫރު، ކޮރެއާއި، ޖަރުމަން، ޖަޕާން، ދުބައި އަދި ގަތަރު ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.



ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައިވާއިރު ސަރުކާރުން ބުނަނީ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމަށެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ސަރުކާރުގެ ތަރައްގީއަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ކަންތައްތަކެއްކަމަށް ސަރުކާރުން ތުހުމަތުކުރެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނާގޮތުން ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގައި ނުރައްކާތެރި ކަންތައްތަކެއް އެބަހުއްޓެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާ އެބައޮތްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ބޮޑުތިލަ

06-Jan-2022

ކޮހުން މަތީ މަގާމު ތަކުގައި ތިބެއެވެ. އެކަމަކު މިވަރުގެ ކޮހެއް މަތީ މަގާމެއްގައި ހުއްޓައި ނުދެކެމެވެ. ވޯޓް ދެވުނީތީ ހިތާމަ ކުރަމެވެ.


7

ދޮންގޮއްޔެ

06-Jan-2022

ތިބާއަށް ހެޔޮކޮށް ހިތައި ރައްކައުތެރިކަމާއި ޙިމާޔަތް ދިނުމަށް ކަމަށްބުނެ ތިބާގެ އަނބިމީހާގެ ގާތުގައި އިންޑިޔާ މީހަކު ނިންދަވަން ތިބާ ރުހޭނަންތޯއެވެ.


-5

ސައިފްއަލީ ޚާން

31-Dec-2021

ނޫން ކަރެކްޝަން. ގައުމުތަރައްގީވުމެއްނޫން. ކެލާ ގައްދާރުގެ ޖީބް ތަރައްގީ ނުވާނެ ބޭރު ސިފައިންނަށް ރާްްއްޖެ ވިއްކާލައިގެން ނޫނީ. އެންމެ ރަނގަޅުނދެއްތޯ


-14

އަބްދޫ

31-Dec-2021

އެތަންތަމް ތަރައްގީވިކީ ބޭރުގައުމުތަކުގެ ސިފައިން ތިބެގެނެއްނޫން.


-3

އިޔާޒް ޝަހީމް

31-Dec-2021

މިކަހަކަ ބުރާންތިން މި ތިބެނީ ރައްޔިތުން މަޖިލީސްގައި މެމްބަރުން ގޮތުގައި އެމްޑިޕީގެ ފަރާތުން ހޮވިފައި މިތިބަ ބުރާންތިން ތެރޭގައި ގިނައީ ވާނުވާ ގައި ތިބި މހުން.. ފިންލޭންޑް ތަރައްގީ ވީކީ ބޭރުގެ އަސްކަރީ މަރުކަޒުތައް ރައްޔިތުންނަށް ވަގަށް ލާރިނަގައިގެން އަޅައިގެނެއް ނޫން .. ނޯވޭ, ސްވިޑުން, ކެނެޑާ, ފަދަ ގައުމުތައް ތަރައްގީ ވުމުގައި ބޭރުގެ ސިފައިން ގެ އެއްވެސް ރޯލެއްނެތް .. މިކަހަލަ މީހުންގެ ކަންފަތް މައްޗައް މީހަކު އަތް ދޮވެނުލާކަން ނަސީބެއްނު