150 ޕްރޮފެޝަނަލް ޗާޓަޑް އެކައުންޓެންޓުން ތަމްރީން ކުރުމަށް ސޮކްލަރޝިޕް ފުރުސަތެއް ހުޅުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެއެެެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަފުޅު ދައްކަަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ 150 ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް ސަރުކާރުން ޚާއްސަ ސޮކްލަރޝިޕް ސްކީމެެއް މިއަދު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. 150 ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓުންގެ ތެރެއިން 50 ފުރުސަތު ސަރުކާރުގެ އިދާރާތަކަށް ޚާއްސަ ކޮށްފައިވާ ކަމަށާއި، ބާކީ 100 ފުރުސަތު ޕްރައިވެޓް ސެކްޓާ ނުވަތަ އަމިއްލަ ފަރާތްތަކަށް ޚާއްސަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ސަރުކާރަށް ޚާއްސަ ކުރި 50 ފުރުސަތަށް މީހުން ހަމަނުވެއްޖެ ނަމަ އެ ފުރުސަތުތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެެވެ. އަދި 150 އެކައުންޓެންޓުން ތަމްރީން ކުރުމަކީ އެދާއިރާއަށް މިހާރު ކުރި މަތިވެފައިވާ ގޮންޖެހުން ތަކަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެކައުންޓެންޓުންނަށް ސޮކްލަޝިޕް ހުުޅުވާލަނީ ފުރަތަމަ ޑިގްރީއާއި މާސްޓަރ ޑިގްރީ ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
"މީގެ ތެރޭގައި އޭސީސީއާއި ސްކިލްސް ލެވެލް، އޭސީސީއާއި ޕްރޮފެޝަނަލް ލެެވެލް، ސީމާ މެނޭޖްމަންޓް ލެެވެލް އަދި ސީމާ ސެޓްފިކެޓް ލެވެލަށް ކުރިމަތިލައިގެން ޗާޓަޑް އެކައުންޓެންޓުންނަށް ވުމުގެ ފުރުސަތު ފަހިވެގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޗާޑަޓް އެކައުންޓެންޓުން ތަމްރީން ކުރުމަށް ހިންގާ ސޮކްލަޝިޕްގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަސިޓީއަކުން ކިޔަވާނަމަ އެތަނަކަށް ދައްކަންޖެހޭ ޓިއުޝަން ފީ އެ ސޮކްލަޝިޕްގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ. ރާއްޖޭގައި ހިންގާ ކޮލެޖެއް ނުވަތަ ޔުނިވަސިޓީއަކަށް ހާޒިރުނުވެ ދަރިވަރުން ކިޔަވާނަމަ ޓިއުޝަން ފީ ފިޔަވައި އެހެން ހުރިހާ ޚަރަދެއް އެ ސްކޮލަޝިޕްގެ ދަށުން ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު