ފްލައިންގ ސްކޫލްގެ ދަރިވަރުންނަށް ފަށާ ރިފްރެޝިން ކޯހަށް ދައްކަންޖެހޭ ފައިސާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ލޯނުގެ ގޮތުގައި ދޫކުރަން ނިންމައިފިއެވެ.
އައްޑޫ ފްލައިންގ ސުކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް ނުކިޔެވި އެތައް ދުވަހެއް ވެފައިވާއިރު ފްލައިންގ ސުކޫލް ހިންގުމާ އައިލެންޑް އޭވިއޭޝަނުން ވަނީ ހަވާލުވެފައެެވެ. އެ ކުންފުނިން ވަނީ ފުރަތަމަ ދަރިވަރުންނަށް ރިފްރެޝިން ކޯހެއް ހިންގުމަށް ނިއްމާފައެވެ. އެއީ ދަރިވަރުން ޓްރެއިނިންއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމުގެ ސަބަބުން ދަރިވަރުންނަށް ތަމްރީނު ލިބިފައިހުރި މިންވަރު ވަޒަންކުރުމުގެ ގޮތުން ހިންގާ ކޯހެއް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.
އެ ކޯހުގެ ފީއަކީ 1500 ޑޮލަރެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އެ ފައިސާ ލޯނުގެ ގޮތުގައި ދޫކުރާނެ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ދައްކަން ޖެހޭނީ އެ ދަރިވަރުން ކިޔަވާ ނިމުނު ދުވަހަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އެ ކޯހަށްފަހު ދެން އެ ދަރިވަރުންގެ ކިޔެވުމަށް ހަރަދުވާ ފައިސާ ވެސް ސަރުކާރުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. ދަރިވަރުން ކުރިމަތިވެފައިވާ ތަކްލީފްތަށް ލުއިކޮށްދެވެން އޮތް ގޮތަކަށް އެކަން ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ 12 އަހަރު ފްލައިން ސްކޫލު ހިންގާފައިވަނީ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިންނެވެ. މިދިޔަ ޖުލައި 31 ވަނަ ދުވަހު އެއްބަސްވުމުގެ މުއްދަތު ހަމަވެ ސަރުކާރުން ވަނީ އޭއޭއޭ އާއި އެކު ހަދާފައިވާ އެއްބަސްވުން އާނުކުރަން ނިންމައި އެކަން އަންގާފައެވެ. އޭގެ ފަހުން ފްލައިން ސްކޫލާ އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އުފެެއްދި ޖޮއިންޓް ވެންޗާ ކުންފުނިން ވަނީ ހަވާލުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު