ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އަބަދުވެސް އެއްބާރުލުން ދޭނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީން ހާމަކޮށްފިއެވެ.
2022 ވަނައަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚީ އަހަރެކެވެ. 1972 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ފެށި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިއަދު މިވަނީ ދުނިޔޭގެ މަގްބޫލުކަން ހޯދައި ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު އެއް މަންޒިލަށް ވެފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބާއާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި މަޓީން ބުނީ ދިވެހިރާއްޖޭގެ މުޅި އިގުތިސޯދު ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިލާމެހިފައިވާއިރު ފާއިތުވެދިޔަ 50 އަހަރުގެ ތެރޭގައި އެތައް ގޮންޖެހުންތަކެއް އެ ސިނާއަތަށް ވަނީ ކުރިމަތިވެފައިކަމަށެވެ. ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކެއް ކަޑައްތުކުރެވުނީ އެ ސިނާއަތަށް ނިސްބަތްވާ އަދި ހިއްސާވާ އެންމެންގެ މިއްނެތް މަސައްކަތާއި އެއްބައިވަންތަކަމުގެ ރޫހުންކަމަށް މަޓީން ބުންޏެވެ.
"މި ހިދުމަތްތެރިންގެ އަގު ވަޒަންކޮށް އެފަރާތްތަކަށް މިޖަމިއްޔާއިން ފަށްފަށުން ޝުކުރު ދަންނަވަން." މަޓީގެ ބަޔާނުގައިވެއެވެ.
މަޓީން ބުނީ ފާއިތުވެދިޔަ ސަރުކާރުތަކާއި މިހާރުގެ ސަރުކާރުންވެސް މި ސިނާއަތް ކުރިއެރުވުމަށް ދެއްވާ އެއްބާރުލުމާއި ކުރައްވާ މަސައްކަތް އެ ޖަމިއްޔާއިން ނުހަނު އުފަލާއިއެކު ފާހަގަ ކުރާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ކުރިއެރުމަކީ ޕަބްލިކް-ޕްރައިވެޓް ޕާރޓްނަޝިޕް، ފުރިހަމަގޮތުގައި ހިނގާކަމުގެ ދަލީލެއްކަމަށްވެސް މަޓީގެ ބަޔާނުގައިވެއެވެ.
"ރާއްޖޭގެ ތާރީހަށް ބެލިކަމުގައިވިޔަސް ޒަމާނުއްސުރެ ދިވެހިންނަކީ ވަރަށް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކީ ކަންކަމާ ކުރިމަތިލާ ބައެކެވެ. މުޅި މުޖުތަމައަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކާ ދަތިތަކުން އަރައިގަނެވެނީވެސް ދިވެހިންގެ މެދުގައި އޮންނަ އެކުވެރިކަމާ އެބައިވަންތަކަމުގެ ސަބަބުންނެވެ." މަޓީގެ ބަޔާނުގައިވެއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު ދިވެހިރާއްޖެއަށް ކުރަންފެށި ހިސާބުން އެކަމުން އަރައިގަތުމަށްޓަކައި ކެނޑިނޭޅި ކުރަމުންދާ ބުރަ މަސައްކަތަކީވެސް ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކުމެ ލާމަސީލު މިސާލެއްކަމަށް މަޓީގެ ބަޔާނުގައިވެއެވެ.
މަޓީން ބުނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަކީ އެ ޖަމިއްޔާގެ އެދުމެއްކަމަށެވެ. އަދި އެކަމުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން ބައިވެރިވުމަކީވެސް އެޖަމިއްޔާގެ ނުހަނުބޮޑު އެދުމެއްކަމަށް ބުނެފައިވެއެވެ.
މަޓީގެ ބަޔާނުގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެޖަމިއްޔާއިން ވެދެވެން އޮތް އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު