ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް އިއްޔެ މޮބިލައިޒްކޮށްފިއެވެ.



މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި

ހަވާލުކޮށްފައިވާ މި މަޝްރޫޢަކީ 18.25 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.



މިމަޝްރޫޢުގެ ދަށުން ބިން ހިއްކު މާއި، ރިވެޓްމަންޓް ޖެހުމާއި އަދި ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިމަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 280 ދުވަހުގެ ތެރޭގައެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 64 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިއަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 22 މަޝްރޫޢުއެއްގެ މަސައްކަތް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު