ޓެކްސް ފައިސާ ބޭކާރު ގޮތުގައި އިސްރާފު ކުރާނަމަ ޓެކްސް ދައްކައިގެން ނުވާނެކަމަށް މަޝްހޫރު އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ މީލާދީ އާ އަހަރު ފާހަގަކުރުމުގެ ގޮތުން ހަވާ އެރުވުމާއެކު މިއުޒިކް ޝޯވއެއް މިރޭ ބޭއްވުމަށް ސަރުކާރުން ނިންމާފައިވަނިކޮވެ.

ޑރ. އިޔާޒު ވިދާޅުވީ ‏ރައްޔިތުންގެ ފައިސާއިން ޓެކްސް ނެގުން ހުއްދަ ކުރައްވާ ބޭފުޅުންގެ ޝަރްޠުތަކެއް އޮންނަ ކަމަށެވެ. އަދި އެ ޝަރުތުތަކާއި ޚިލާފަށް ރައްޔިތުންގެ ޓެކްސް ފައިސާ އަލިފާނަށް އަޅާ އަންދާ ހަވާ އަރުވާ ބޭކާރު ގޮތުގައި އިސްރާފު ކުރާނަމަ ޓެކްސް ދައްކައިގެން ނުވާނެކަމަށް އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވަނީ އިސްލާމް ދީނުގައި ޓެކްސް ފައިސާ ހަރަދުކުރަން އޮންނަ އުސޫލުތައް ބަޔާންކޮށްދެއްވާފައެވެ.



މީލާދީ އާ އަހަރު ފާހަގަކުރުމަށް މިރޭ ޝޯވއެއް ބާއްވަން ނިންމާފައިވާއިރު، މީލާދީ އާ އަހަރު ފާހަގަކުރުމަކީ ޣައިރު ދީންތަކުގެ މީހުންގެ އަމަލެއްކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް ރާއްޖޭގައި ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް މީލާދީ އާ އަހަރު ފާހަގަކުރުމަށް ހަވާ އެރުވުމާއެކު ބޮޑެތި ޝޯވތައް ބާއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


2

ޒިންމާދާރުމީހާ

06-Jan-2022

ކަލެއަކަށް ނޭނގޭނެ ޓެކްސް ފައިސާއިން ކުރަންޖެހޭކަމެއް. އެއީކަލޭގެ ހައިސިއްޔަތެއް ނޫން. އެކަންއެނގޭނީ ވަލިއްޔުމްއަމްރަށް. ކަލޭއެހިސާބަށް އަދިނުދޭ. އަދިއިރާދަކުރެއްވިއްޔާ ނުވެސް ދާނެ