ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަށް، ކޯވިޑް ވެކްސިންގެ ހަމަހަމަކަމަށް ގޮވާލައި ސޯޝަލް މީޑިއާ ކެމްޕެއިނެއް އިފްތިތާޙްކޮށްފިއެވެ.
"ނިއު އިޔަރޒް ރެޒޮލިއުޝަން ފޮރ ވެކްސިން އިކުއިޓީ"ގެ ނަމުގައި ފެށި މި ސޯޝަލް މީޑިއާ ކެމްޕެއިންގެ އަމާޒަކީ ކޯވިޑް ވެކްސިން ދުނިޔޭގެ އެންމެނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް ދެއްވާ އަހަމިއްޔަތުކަމުގެ މެސެޖްގެ ދުނިޔެއަށް ފޯރުކޮށްދިނުމެވެ.
މި ސޯޝަލް މީޑިއާ ކެމްޕެއިން އިފްތިތާހުކުރުމަށްފަހު އދގެ އާއްމު މަޖިލީހުގެ ރައީސް ޝާހިދު ވަނީ ކޯވިޑްގެ ހާލަތުން އަރައިގަނެވެން އޮތީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދެވޭނެކަން ޔަގީންކޮށްދީގެންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި މިކަން ހާސިލްކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތާއި ވެކްސިން ފޯރުކޮށްދޭން ކުރާ މަސައްކަތް މި ފެށޭ އަހަރު ދެ ގުނަ ކުރަން ގޮވާލައްވާފައެވެ. އަދި އެންމެން ރައްކާތެރިނުވަނީސް، އެކަކަށްވެސް ހަގީގަތުގައި ރައްކާތެރިކަން ކަށަވަރުނުވާކަންވެސް ޝާހިދު ހަނދުމަކޮށްދެއްވިއެވެ.
އދގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ކޯވިޑް ވެކްސިނާ ގުޅޭގޮތުން ފެށި ސޯޝަލް މީޑިއާ ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ މީހުންނަށް ހުޅުވާލާފައެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑިގަތުމަށްފަހު އަބްދުﷲ ޝާހިދު ގެންދަވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންނަށް، ހާއްސަކޮށް ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފޯރަމެއްގައިވެސް ހަމަހަމަކަމާއެކު ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް ގޮވާލައްވައި އަޑު އުފުއްލަވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

As we bid goodbye to 2021, the only hope for a sustainable & swift recovery from COVID-19 is to ensure equitable access to vaccines for everyone, everywhere.
— UN GA President (@UN_PGA) December 30, 2021
Join me by taking a “New Year’s Resolution for #VaccineEquity”.
For instructions 👉 https://t.co/VKW3z5JuTI pic.twitter.com/EbTTxJIvgd
ޝާހިދުގެ ވާހަކަފުޅުގައި ވަނީ ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތާއި ވެކްސިން ފޯރުކޮށްދޭން ކުރާ މަސައްކަތް މި ފެށޭ އަހަރު ދެ ގުނަ ކުރަން ގޮވާލައްވާފައެވެ. އަދި އެންމެން ރައްކާތެރިނުވަނީސް، އެކަކަށްވެސް ހަގީގަތުގައި ރައްކާތެރިކަން ކަށަވަރުނުވާކަންވެސް ޝާހިދު ހަނދުމަކޮށްދެއްވިއެވެ.
އދގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުން ކޯވިޑް ވެކްސިނާ ގުޅޭގޮތުން ފެށި ސޯޝަލް މީޑިއާ ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ މީހުންނަށް ހުޅުވާލާފައެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމާއި ހަވާލުވެވަޑިގަތުމަށްފަހު އަބްދުﷲ ޝާހިދު ގެންދަވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންނަށް، ހާއްސަކޮށް ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފޯރަމެއްގައިވެސް ހަމަހަމަކަމާއެކު ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް ގޮވާލައްވައި އަޑު އުފުއްލަވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު