މާފުށި ރައްޔިތުން ދަތުރުދާން ސަރުކާރުން ހިއްކައިދިން ވަށްމާފުށި ވަގުތީގޮތުން ބޭނުންކުރުމުގެ ފުރުޞަތު މާފުށި ކައުންސިލުން ހުޅުވާލައިފިއެވެ.
ވަށްމާފުށި ހިއްކުމުގެ މަސައްކަތް ނިންމާ އެރަށް ސަރުކާރުން މާފުށްޓާއި ހަވާލުކުރީ ރައީސް ސާލިހު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި މިމަހުގެ 28 ވަނަ ދުވަހުއެވެ.
މާފުށި ކައުންސިލުން ބުނީ އެކައުންސިލާއި ހަވާލުކޮށްފައިވާ ވަށްމާފުށި ޕިކްނިކް އައިލެންޑް ބޭނުންކުރާނެ އުސޫލުތަކެއް ހެދި ރަސްމީކޮށް ހުޅުވާލެވެންދެން ކައުންސިލުގެ ހުއްދައެއް ހޯދައިގެން ވައްމާފުށްޓަށް އެރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިކަމަށެވެ.
އެގޮތުން ވައްމާފުށްޓަށް ވަގުތީގޮތުން އެރުމަށް ހުއްދަ ދެވޭނީ
ހަފްތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 6:00 އިން ހަވީރު 6:00 އަށްކަމަށް ކައުންސިލުން ބުނެއެވެ.
މާފުށި ކައުންސިލުން ބުނީ ހަފްތާގެ ކޮންމެ ދުވަހަކުވެސް މާފުށީގެ ރައްޔިތުންނަށާއި، ދިވެހިންނަށް ވަށްމާފުށްޓަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދެވޭނެކަމަށެވެ. އަދި ހުކުރު، ހޮނިހިރު ދެ ދުވަހު ޚާއްޞަ ކުރެވިފައިވާނީ މާފުށީގެ ރައްޔިތުންނާއި ދިވެހިންނަށްކަމަށް ކައުންސިލުން ބުނެއެވެ.
މީގެއިތުރުން އެ ދެ ދުވަހު ގެސްޓު ހައުސްތަކުގެ ގެސްޓުންނަށް ވަށްމާފުށްޓަށް އެރުމުގެ ފުރުޞަތު ނޯންނާނެކަމަށާއި ގެސްޓުންނަށް ވަށްމާފުށްޓަށް ޒިޔާރަތްކުރުމަށް ހުއްދަ ދެވޭނީ އާދިއްތަ އިން ބުރާސްފަތި ދުވަހަށްކަމަށް މާފުށި ކައުންސިލުން ބުނެއެވެ.
ކައުންސިލްއިން ބުނީ ވަށްމަފުއްޓަށް ޒިޔާރަތް ކުރާ ފަރާތްތަކަން އެރަށުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަށް އެފަރާތަކުން އުފައްދާ ކުއްޏެއް އަނބުރާ މާފުށްޓަށް ގެނެސް ކުނި މެނޭޖުކުރާ ސަރަހައްދަށް ގެންދަންވާނެކަމަށެވެ.
މީގެއިތުރުން ވައްމާފުށި ފެހި ކުރުމުގެ ގޮތުން ގަސްއިންދުމަށް ރަށުގެ ރައްޔިތުންނަށާއި، މާފުށީގައި ދިރިއުޅޭ އާއިލާތަކަށާއި، މުއައްސަސާ، ކުންފުނި، ކްލަބް ޖަމްޢިއްޔާތަކަށާއި، ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލެވިފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު