އެމްޓީސީސީން ތަރައްޤީކުރާ ފެރީ ޓަރމިނަލެއް
އެމްޓީސީސީން ތަރައްޤީކުރާ ފެރީ ޓަރމިނަލެއް
2023 ގެ ނިޔަލަށް ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް ހުންނާނެ ކަމަށް އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ މަގުސަދަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލައި، ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ. އެ މަޝްރޫއު ތަންފީޒު ކުރެވޭނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްރަށުގައި ފެރީޓަރމިނަލް ޤާއިމް ކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު ދަނީ ކުރަމުންނެވެ. އެމްޓީސީސިގެ ސީއީއޯ އާޒިމް ވިދާޅުވީ މިހާރުވެސް އެ ކުންފުނިން 41 ރަށެއްގެ ފެރީ ޓަރމިނަލް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާޒިމް ވިދާޅުވީ ރައީސް ޞާލިޙް ބޭނުންފުޅުވާ ގޮތަށް 2023 ގެ ނިޔަލަށް ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް ނުވަތަ ފެރީ ގިމަތައެއް ހުންނާނެކަމަށެވެ. އަދި މިގޮތަށް ތަރައްޤީކުރާ ޓާމިނަލްތަކަކީ އެރަށެއްގެ އާބާދީއާ އެކަށީގެންވާ ގޮތަށް ތަރައްޤީ ކުރާ ޓާމިނަލްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީން ބުނީ، ފެރީ ނިޒާމުގެ ސަބަބުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލައި އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން