ނިވާކަން ކުޑަ ހެދުން އަޅައިގެން އާއްމުންގެ ތެރޭގައި އުޅޭއިރު އެކަމާމެދު ފިޔަވަޅު އަޅަންޖެހޭނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި، ނިވާކަން ކުޑަ ހެދުން ލައިގެން ކްރިމަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާކަމުގެ ޝަކުވާ ގިނަ ފަރާތްތަކަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޑރ. އިޔާޒު ވިދާޅުވީ އެއްވެސް ފަރާތަކުން އެއްވެސް ގޮތަކަށް, ޢާއްމު މަޞްލަޙަތު ގެއްލޭފަދަ ކަމެއް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްކަމަށެވެ.
އެހެންކަމަށްވާއިރު ދިވެހިންގެ އާދަކާދައާއި ޚިލާފުވާފަދަ ނިވާކަންކުޑަ ގޮތަކަށް ހެދުން އަޅައިގެން މަގުތަކުގައި އުޅޭއިރު އެކަން މަނާކޮށް ފިޔަވަޅު އެޅެން ޖެހޭނެކަމަށް އިޔާޒު ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ ޑޮލަރުގެ ނޫޓުގެ ދަހިވެތިކަމުގައި ނުވަތަ އެނޫންވެސް ކަމަކާހުރެ ފިޔަވަޅު އެޅުމުގައި ފަސްޖެހިއްޖެނަމަ ދެންކުރިމަތިވާ ދުއްތުރާތައް މާބޮޑުވާނެކަން ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ.
ޑރ. އިޔާޒު މިހެން ވިދާޅުވެފައި ވާއިރު މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދުވެސް މިމައުޟޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރުވެސް މީހުން ދިރިއުޅޭ ރަށްރަށުގައި، "2 ޕީސް" ލައިގެން އޮރިޔާމުން ޢާންމުންގެ ތެރޭގައި އުޅެމުންދާކަމަށެވެ. އަދި ގެސްޓްހައުސްތަކުން ޑޮލަރަށްޓަކައި ކްރިސްމަސް ފާހަގަކުރަމުންދާކަމަށްވެސް ޒައިދު ތުހުމަތު ކުރެއްވިއެވެ.
ޒައިދު ވިދާޅުވީ ސަރުކާރުން އަލަށް ފަށަން އުޅޭ ހޯމްސްޓޭ ޓުއަރިޒަމާއެކު ކްރިސްމަސް ފާހަގަކޮށްދިނުން ގޭގެ ތެރެއަށްދާނެކަމަށެވެ. އަދި މާއްދިއްޔަތަށް ގޮސް ޤައުމު ހަލާކުވެއްޖެކަމަށް ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ކްރިމަސް ފާހަގަކުރުމުގެ ހަރަކާތްތައް ހިނގަމުންދާއިރު އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެފަދަ ކަންކަން ހުއްޓުވައި، ފިޔަވަޅު އަޅަމުންދާކަން ހާމަކޮށްފައެވެ.

އެއްވެސް ފަރާތަކުން އެއްވެސް ގޮތަކަށް ޢާއްމު މަޞްލަޙަތު ގެއްލޭ ފަދަ ކަމެއް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް. ވީއިރު, ދިވެހިންގެ ޢާދަކާދައާއި ޚިލާފުވާފަދަ ނިވާކަންކުޑަ ގޮތަކަށް ހެދުން އަޅައިގެން މަގުތަކުގައި އުޅޭއިރު އެކަން މަނާކޮށް ފިޔަވަޅު އެޅެން ޖެހޭނެ.
— Dr.Mohamed Iyaz (@dr_iyaz) January 1, 2022
އިޔާޒު ވިދާޅުވީ ޑޮލަރުގެ ނޫޓުގެ ދަހިވެތިކަމުގައި ނުވަތަ އެނޫންވެސް ކަމަކާހުރެ ފިޔަވަޅު އެޅުމުގައި ފަސްޖެހިއްޖެނަމަ ދެންކުރިމަތިވާ ދުއްތުރާތައް މާބޮޑުވާނެކަން ހަނދާނުގައި ބަހައްޓަންޖެހޭކަމަށެވެ.
މިހާރުވެސް މީހުން ދިރިއުޅޭ ރަށްރަށުގައި، 2 ޕީސް ލައިގެން އޮރިޔާމުން ޢާންމުންގެތެރޭގައި އެހެރަ އުޅެ ނަގަނީ! ގެސްޓްހައުސްތަކުން $ އަށްޓަކައި ކްރިސްމަސް ޝިރްކް ފާހަގަކުރަނީ! ނުހުއްޓުވޭ! ހޯމްސްޓޭއާއެކު ކްރިސްމަސް ފާހަގަކޮށްދިނުން ގޭގެ ތެރެއަށްދާނެ! މާއްދިއްޔަތަށް ގޮސް ޤައުމު ހަލާކު! pic.twitter.com/wrjPuxsU8g
— Ali Zaid (@alizaid1000) January 1, 2022
ޑރ. އިޔާޒު މިހެން ވިދާޅުވެފައި ވާއިރު މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދުވެސް މިމައުޟޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާރުވެސް މީހުން ދިރިއުޅޭ ރަށްރަށުގައި، "2 ޕީސް" ލައިގެން އޮރިޔާމުން ޢާންމުންގެ ތެރޭގައި އުޅެމުންދާކަމަށެވެ. އަދި ގެސްޓްހައުސްތަކުން ޑޮލަރަށްޓަކައި ކްރިސްމަސް ފާހަގަކުރަމުންދާކަމަށްވެސް ޒައިދު ތުހުމަތު ކުރެއްވިއެވެ.
ޒައިދު ވިދާޅުވީ ސަރުކާރުން އަލަށް ފަށަން އުޅޭ ހޯމްސްޓޭ ޓުއަރިޒަމާއެކު ކްރިސްމަސް ފާހަގަކޮށްދިނުން ގޭގެ ތެރެއަށްދާނެކަމަށެވެ. އަދި މާއްދިއްޔަތަށް ގޮސް ޤައުމު ހަލާކުވެއްޖެކަމަށް ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ކްރިމަސް ފާހަގަކުރުމުގެ ހަރަކާތްތައް ހިނގަމުންދާއިރު އެކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެފަދަ ކަންކަން ހުއްޓުވައި، ފިޔަވަޅު އަޅަމުންދާކަން ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު