ކޯވިޑްގެ ކުރިން ކޮންމެ އަހަރަކުވެސް އާ އަަހަރު ފާހަގަކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެމެރިކާގެ ނިއުޔޯކުން ފެށިގެން އޮސްޓްރޭލިއާގެ ސިޑްނީއާ ހަމައަށް ތަފާތު އެކި ކުލަގަދަ ހަރަކާތްތައް ބާއްވައެވެ. ނަމަވެސް ކޯވިޑްގެ ސަަބަބުން ނިމިދިޔަ 2021 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް މާ ބޮޑު ހަރާކާތްތަކެއް ނުބޭއްވެއެވެ. ނަމަވެސް ވެކްސިންގެ ސަބަބުން ގިނަ ބަޔަކު ތިބީ 2022 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ގިނަ ހަރާކްތަކެއް ފެންނާނެކަމުގެ އުއްމީދުގައެވެ. އެކަމަށް ހުރަސް އެޅިގެން ދިޔައީ އަހަރު ނިމެނިކޮށް ދުނިޔެއަށް އުފަންވި ކޯވިޑްގެ އާ ވޭރިއެންޓެއްކަމަށްވާ އޮމިކްރޯނެވެ.
އޮމިކްރޯންގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އާ އަހަރު ފާހަގަކުރުމަށް ރޭވި ބައެއް ހަރަކާތްތައް ވަނީ ކެންސަލްކޮށްފަ އެވެ. ނޫނީ ބައިވެރިވެވޭ މީހުންގެ އަދަދު މަދުކޮށްފައެވެ.
އެމެރިކާއަށް ބަލާލާއިރު ނިއުޔޯކް ސިޓީގެ ޓައިމް ސްކްޔާގައި އާ އަހަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ބަލާލުމަށް ޖަމާވެވޭ މީހުންގެ އަދަދު ވަނީ 15 ހާހަށް މަދުކޮށްފައެވެ. މިއީ އެތައް މިލިއަން ބަޔަކު އުޅޭ ނިއުޔޯކް ސިޓީއާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ.
ޖަރުމަންވިލާތުގެ ބަރލިންގައި ބޮޑު ޝޯވއެއް އޮތެވެ. ނަމަވެސް އެތަނަށް މީހުން ޖަމާނުވަން ފުލުހުން ދިޔައީ އިލްތިމާސްކުރަމުންނެވެ. އަދި ޓީވީން ޝޯވ ވަނީ ލައިވްކޮށް ދައްކާފައެވެ.
ހޮލެންޑުގެ އެމްސްޓަޑަމްގައި ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްކޮށް އުޅުންވެސް އޮތީ މަނާކޮށްފައެވެ. ފުލުހުން ވަނީ އެކަން ވަރަށް ރަނގަޅަށް މޮނިޓަރކޮށްފައެވެ.
އިނގިރޭސިވިލާތުގެ ލަންޑަނަށް ބަލާލާއިރު، ހަވާ އެރުވުމާއެކު ބޭއްވި ބޮޑު ހަރަކާތް މީހުން ބަލާފައި ވަނީ ޓީވީ މެދުވެރިކޮށެވެ. އަދި ލަންޑަންގެ މަގުތައްމަތީގައިވެސް މާ ބޮޑު ކަމެއް ނެތެވެ.
އޭޝިޔާގެ ގައުމުތަކަށް ބަލާއިރުވެސް މާބޮޑު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ކުރިއަށް ގެންދިޔަޔަސް، ގެންގޮސްފައިވަނީ މީހުންގެ ބައިވެރިވުން ނެތް ހަރަކާތްތަކެެވެ.

5...4...3...2...1! Happy New Year from New York City! #CNNNYE https://t.co/248GSDq9xU pic.twitter.com/lL3QLlvxGp
— CNN (@CNN) January 1, 2022
އެމެރިކާއަށް ބަލާލާއިރު ނިއުޔޯކް ސިޓީގެ ޓައިމް ސްކްޔާގައި އާ އަހަރު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ބަލާލުމަށް ޖަމާވެވޭ މީހުންގެ އަދަދު ވަނީ 15 ހާހަށް މަދުކޮށްފައެވެ. މިއީ އެތައް މިލިއަން ބަޔަކު އުޅޭ ނިއުޔޯކް ސިޓީއާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ.
ޖަރުމަންވިލާތުގެ ބަރލިންގައި ބޮޑު ޝޯވއެއް އޮތެވެ. ނަމަވެސް އެތަނަށް މީހުން ޖަމާނުވަން ފުލުހުން ދިޔައީ އިލްތިމާސްކުރަމުންނެވެ. އަދި ޓީވީން ޝޯވ ވަނީ ލައިވްކޮށް ދައްކާފައެވެ.
ހޮލެންޑުގެ އެމްސްޓަޑަމްގައި ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްކޮށް އުޅުންވެސް އޮތީ މަނާކޮށްފައެވެ. ފުލުހުން ވަނީ އެކަން ވަރަށް ރަނގަޅަށް މޮނިޓަރކޮށްފައެވެ.
Happy New Year!
— BBC News (World) (@BBCWorld) December 31, 2021
Auckland, New Zealand welcomes in 2022 with a light show projected over the city's Harbour Bridge and Sky Towerhttps://t.co/sJoatS5eVU pic.twitter.com/fv5aC4uj8U
އިނގިރޭސިވިލާތުގެ ލަންޑަނަށް ބަލާލާއިރު، ހަވާ އެރުވުމާއެކު ބޭއްވި ބޮޑު ހަރަކާތް މީހުން ބަލާފައި ވަނީ ޓީވީ މެދުވެރިކޮށެވެ. އަދި ލަންޑަންގެ މަގުތައްމަތީގައިވެސް މާ ބޮޑު ކަމެއް ނެތެވެ.
އޭޝިޔާގެ ގައުމުތަކަށް ބަލާއިރުވެސް މާބޮޑު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ކުރިއަށް ގެންދިޔަޔަސް، ގެންގޮސްފައިވަނީ މީހުންގެ ބައިވެރިވުން ނެތް ހަރަކާތްތަކެެވެ.
ކިޔުންތެރިންގެ ހިޔާލު