ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރުގެ ތެރެއަށް އިތުރު ފިޔަވަޅެއް މިއަދު މިއަޅަނީ އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ އަޒުމުގައިކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ވިދާޅުވެ އެމްއެމްޕީއާރުސީން ނެރުނު ބަޔާނުގައި އެމްއެމްޕީއާރސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރ، ތޮއްޔިބް މުޙައްމަދު ވިދާޅުވީ ފާއިތުވި 2 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް މިކަންކަމުން އަރައިގަނެ، ގިނަ ކާމިޔާބީތަކެއް ހޯދިފައިވާތީ އެކަމާމެދު އޮތް ހިތްހަމަޖެހިޑައިގަތުން ތޮއްޔިބް ފާޅުކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޝާމިލްވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުން ފަތުރުވެރިކަމުގެ ރަންއަހަރާއި ކުރިމަތިލާފައިވަނީ ފޮނި އުންމީދުތަކާއެކު، އެންމެން އެކުގައި، އެއް އަޒުމެއްގައި ކަމާމެދު އެއްވެސް ޝައްކެއްނެތްކަމަށް ތޮއްޔިބް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުވެފައިވާލެއް ހަލުވިކަން މިކަމަށް ހެކިދޭ. މިއަދު، 2022 ވަނަ އަހަރުގެ ފުރަތަމަ ފަރުތުވެރިޔާ އަށް މަރުޙަބާ މިކިޔަނީ އެ ފޮނި އުންމީދުތަކާ އެކުގައި. މީގެއިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރުގެ ތެރެއަށް އިތުރު ފިޔަވަޅެއް މިއަދު މިއަޅަނީ އެކުވެރިކަމާ، އެކުގައި މަސައްކަތް ކުރުމުގެ އަޒުމުގައި." ތޮއްޔިބް ވިދާޅުވިއެވެ.
ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން އާރާސްތުކުރުމަށް އެމްއެމްޕީއާރުސީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކޯވިޑްގެ ހާލަތުގައި ވެސް އޮންލައިންކޮށް އެކި ޕްލެޓްފޯމް ތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިމަސައްކަތްތަކާއެކު މިދިޔަ އަހަރު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ.
ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ބެލެނިވެރި ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން މިދިޔަ އަހަރުގެ ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 24 މާކެޓެއްގައި 244 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރ، އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

We welcomed the first visitor of 2022 to the Maldives with joy! We hope that 2022, the golden jubilee year, is going to be a successful year for the Maldives. #WorldsLeadingDestination #Maldives #VisitMaldives #SunnySideOfLifehttps://t.co/WkcxvvPAaY
— Visit Maldives (@visitmaldives) January 1, 2022
ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން އާރާސްތުކުރުމަށް އެމްއެމްޕީއާރުސީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކޯވިޑްގެ ހާލަތުގައި ވެސް އޮންލައިންކޮށް އެކި ޕްލެޓްފޯމް ތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިމަސައްކަތްތަކާއެކު މިދިޔަ އަހަރު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއްގެ ގޮތުގައެވެ.
ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ބެލެނިވެރި ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން މިދިޔަ އަހަރުގެ ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 24 މާކެޓެއްގައި 244 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރ، އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު