އަންނަ ރޯދަ މަހަށް މާލޭގެ ހުރިހާ މިސްކިތެއްގައި ވެސް ސީސީޓީވީ ހަރުކޮށް އެ ނިޒާމުގެ ތެރެއިން އެ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު މިހެން ވިދާޅުވީ މިއަދު ފެށި މީލާދީ އާ އަހަރުގެ މުނާސަބަތުގައި މާލެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެެއްގައެވެ. މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ގާއިމް ކުރުމަށް ނިއްމައިފައިވާ ކަމަށާއި، ޑިޖިޓަލައިޒޭޝަންގެ ކުރިއެރުންތަކާއެކު މާލެ ސިޓީގެ ސެކުއިރިޓީ ވަރުގަދަ ކުރެވޭނެ ކަމަށެވެ.
މާލެ ސިޓީގެ އެހެން ސަރަހައްދުތައް ވެސް ސީސީޓީވީގެ ނިޒާމުގެ ތެރެއިން އިތުރު ފިޔަވައްސެއްގައި ކުރިއަށް ގެންދެވޭނެ ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ. އަދި މާލެ ސިޓީގެ ޚިދުމަތްތައް ވެސް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ލުއި ގޮތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ. މޭޔަރު މުއިއްޒު ވިދާޅުވީ 2022 ވަނަ އަހަރު ސިޓީ ކައުންސިލްގެ އެންމެ ބޮޑު އަމާޒަކީ ހިލޭ ފޯރުކޮށްދޭ ވައިފައި ނިޒާމުގެ މައިގަނޑު މަގްސަދު ކަމުގައިވާ ޒަމާނީ ޑިޖިޓަލައިޒް ސިޓީއަކަށް މާލެ ސިޓީ ބަދަލު ކުރުން ކަމަށެވެ.
"މާލޭގެ އާންމު ސަރަހައްދުތަކާއި މަގުތަކުގައި ހިލޭ ވައިފައި ބޭނުންކުރެވޭނެ ނިޒާމް ގާއިމް ކުރަން ފެށިފައިވާ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް." އާއަހަރުގެ ތަހުނިޔާ ފޮނުއްވައި މޭޔަރު ދެއްވި މެސެޖްގައިވެއެވެ.
މީގެ އިތުރުން މޭޔަރު ޑރ. މުއިއްޒުގެ މެސެޖްގައި ގުޅީފަޅާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ސަރުކާރުން ގެންގުޅޭ ޕްލޭން ބަދަލު ކުރުމަށް ގޮވާލާ ގޮވާލުން ވަނީ ތަކުރާރުކުރައްވާފައެވެ.
"މާލޭގެ ނިކަމެތި ރައްޔިތުންނަށް އަތްފޯރާފަށުން ގޯތި ލިބޭނެ ގޮތް ފަހިކޮށްދެއްވަން ގޮވާލަން." ކުރީގެ ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީކައުންސިލްގެ މޭޔަަރަކީ އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. މުއިއްޒެެވެ. މާލޭ ސިޓީކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީވެސް އިދިކޮޅު ޕީޕީއެމަށެވެ.

މީލާދީ އާ އަހަރާއި ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ މެސެޖް. pic.twitter.com/xj3kehoA9P
— Male' City Council (@MaleCitymv) January 1, 2022
"މާލޭގެ އާންމު ސަރަހައްދުތަކާއި މަގުތަކުގައި ހިލޭ ވައިފައި ބޭނުންކުރެވޭނެ ނިޒާމް ގާއިމް ކުރަން ފެށިފައިވާ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް." އާއަހަރުގެ ތަހުނިޔާ ފޮނުއްވައި މޭޔަރު ދެއްވި މެސެޖްގައިވެއެވެ.
މީގެ އިތުރުން މޭޔަރު ޑރ. މުއިއްޒުގެ މެސެޖްގައި ގުޅީފަޅާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ސަރުކާރުން ގެންގުޅޭ ޕްލޭން ބަދަލު ކުރުމަށް ގޮވާލާ ގޮވާލުން ވަނީ ތަކުރާރުކުރައްވާފައެވެ.
"މާލޭގެ ނިކަމެތި ރައްޔިތުންނަށް އަތްފޯރާފަށުން ގޯތި ލިބޭނެ ގޮތް ފަހިކޮށްދެއްވަން ގޮވާލަން." ކުރީގެ ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީކައުންސިލްގެ މޭޔަަރަކީ އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑރ. މުއިއްޒެެވެ. މާލޭ ސިޓީކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީވެސް އިދިކޮޅު ޕީޕީއެމަށެވެ.
ކިޔުންތެރިންގެ ހިޔާލު