މިއަދު ފެށި "ހޯމް ސްޓޭ" އާއެކު ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި "ހޯމް ސްޓޭ" ފަށާފައިވަނީ މ. ދިއްގަރުންނެެވެ. އެރަށަށް މިއަދު ހަވީރު ޒިޔާރަތް ކުރި ހޯމް ސްޓޭގެ ޓޫރިސްޓުންނަށް ވޯޓާ ސެލިއުޓާއި ސަގާފީ ހަރަކާތްތަކާއެކު އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ހޯމް ސްޓޭ ފެށުމަށް މިއަދު ހަވީރު ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ވިދާޅުވީ، ރާއްޖެއަށް ތައާރަފްކުރި ހޯމް ސްޓޭއާއެކު ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، އެހެން ނަމަވެސް އެބަދަލު އަންނާނީ ހިންމަތާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.
ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމުން ފެންނާނެ އެންމެ މުހިންމު ކަމަކީ މެހެމާންދާރީ ކަމަށާއި، ދިއްގަރުން އެކަން ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާ ކަމަށް މިިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ޑރ. މައުސޫމް ވަނީ ހޯމް ސްޓޭ ރާއްޖެއަށް ތައާރަފްކުރެވުނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ވަރަށް ބުރަ މަސައްކަތްޕުޅުންކަން ފާހަަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
"ރައީސް އަޅުގަނޑު ގާތުގައި ވިދާޅުވީ ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް މިކަންތައްތައް (ހޯމް ސްޓޭ) ބައްޓަން ކުރުމުގައި ވަރަށް ފަސޭހަ ކުރަންޖެހޭނެއޭ. ރައްޔިތުންނަށް ވަރަށް ފަސޭހައިން މިކަން ކުރެވޭނެ ގޮތް ހަދައިދޭންޖެހޭނެއޭ. މިހާރު ހޯމް ސްޓޭ ގަވާއިދު އޮތް ގޮތުން ދާދި ފަސޭހައިން އެކަންތައް ކޮށްލެވޭނެ." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ، ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ކައުންސިލު ތަކުން ލޯކަލް ޓޫރިޒަމް ފަށަން ބޭނުންވެފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ. ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެެ.
"ޓޫރިޒަމް މިނިސްޓްރީން މިކަމުގައި އެހީވެދޭނަން. އަޅުގަނޑުމެންނަށް ނޭގޭ ކަމެއް ވެއްޖެއްޔާ އެނގޭ ބަޔަކު މެދުވެރިކޮށް ވެސް އެކަންތަށް ކޮށްދޭނަން." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު