އެމްޕީއެލްގެ މުވައްޒަފަކު ނޯތު ހާބަރު ތެރެއިން އަންހެނަކަށް ބިރު ދައްކާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ މި ވީޑިއޯއަކީ ކޮންއިރަކު ކާކު ނަގާފައިވާ ވީޑިއޯއެއްކަން ނޭނގުނު ނަމަވެސް އެއީ މާލޭގެ ނޯތު ހާބަރު ތެރޭގައި ނަގާފައިވާ ވީޑިއޯއެއްކަން އެނގެއެވެ.
މި ވީޑިއޯއިން ފެންނަނީ އެމްޕީއެލްގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ ޖާނުން ވަރުގަދަ ބޮޑު ފިރިހެނަކު އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އަންހެނަކަށް ތަކުރާރުކޮށް ބިރު ދައްކަމުން ގެންދާ މަންޒަރެވެ. އެގޮތުން ކަނޑައެޅިގެން މާރާމާރީ ހިންގާނެކަމަށް ބުނެ ތަކުރާރުކޮށް އޭނާ ދިޔައީ އަންހެން މީހާއަށް އިންޒާރުދެމުންމެވެ. އެސަރަހައްދުގައި މީހުން ހެލިފެލިވެ އުޅޭ މަންޒަރު ވިޑިއޯއިން ފެނުނު ނަމަވެސް އެކަން ހުއްޓުވައި އެ ފިރިހެން މީހާއަށް ހުރަސް އަޅަން އެއްވެސް މީހަކު މަސައްކަތްކުރާ ތަނެއް ނުފެނެއެވެ.
ވީޑިއޯއީން ފެންނަ ގޮތުގައި ޕޯޓްގެ މުވައްޒަފު ހިތްހަމަނުޖެހިގެން އުޅުނީ އޭނާގެ ފޮޓޯއެއް ނެގިކަމަށް ހީކޮށެވެ. ނަމަވެސް އަންހެން މީހާ ބުނަމުންދިޔައީ އެފަދަ ކަމެއް އޭނާ ނުކުރާކަމަށާއި، ޕޯޓްގެ މުވައްޒަފު އުޅެނީ ދުނިޔެއިން މޮޔަވެގެންކަމަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ޕޯޓް ސަރަހައްދުގައި ހުރި އަންހެން މީހާއަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހެއް ކަމަށް ބެލެވެއެވެ. މިހާދިސާ ހިނގާފައި މިވަނީ، އިދިކޮޅުން އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށްގެންދާ ކެމްޕޭނާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވަރަށް ބޮޑު ޚިޔަލުތަފާތުވުންތަކަކާއި ވާދަވެރިކަމެއް އުފެދި ދެފަރާތުން ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރަމުން ގެންދާ ދުވަސްވަރެއްގައިކަން ފާހަގަކޮށްލެވެއެވެ.

Mihen fuppafa maa siyaasee vegen. Thimaa maa varugadha meehakah vegen ulheveyne baa?? pic.twitter.com/y6Jqs6jZnb
— Ab otas1419🇲🇻 (@abotas1419) January 2, 2022
ވީޑިއޯއީން ފެންނަ ގޮތުގައި ޕޯޓްގެ މުވައްޒަފު ހިތްހަމަނުޖެހިގެން އުޅުނީ އޭނާގެ ފޮޓޯއެއް ނެގިކަމަށް ހީކޮށެވެ. ނަމަވެސް އަންހެން މީހާ ބުނަމުންދިޔައީ އެފަދަ ކަމެއް އޭނާ ނުކުރާކަމަށާއި، ޕޯޓްގެ މުވައްޒަފު އުޅެނީ ދުނިޔެއިން މޮޔަވެގެންކަމަށެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ޕޯޓް ސަރަހައްދުގައި ހުރި އަންހެން މީހާއަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހެއް ކަމަށް ބެލެވެއެވެ. މިހާދިސާ ހިނގާފައި މިވަނީ، އިދިކޮޅުން އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށްގެންދާ ކެމްޕޭނާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވަރަށް ބޮޑު ޚިޔަލުތަފާތުވުންތަކަކާއި ވާދަވެރިކަމެއް އުފެދި ދެފަރާތުން ބަހުގެ ހަމަލާތައް ވެސް ބަދަލު ކުރަމުން ގެންދާ ދުވަސްވަރެއްގައިކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު